ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކް ކުންފުނި އެޕަލްގެ އައިއޯއެސް 14.5 އާއި އެކު މާސްކު އަޅައިގެން ތިބެވެސް ފޯން އަންލޮކް ވާނެ ގޮތް ހަދައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކު އެޅުން މަޖުބޫރުވެފައިވާ މި ދަނޑިވަޅުގައި އެޕަލްގެ އެންމެ ފަހުގެ ފޯނުތައް ފޭސް އައިޑީ އިން ހުޅުވަން ގިނަ ބަޔަކަށް ވަނީ ދަތި ކަމަކަށް ވެފައެވެ.

އެޕަލްގެ އައިއޯއެސް ސޮފްޓްވެއާގެ އާ އަޕްޑޭޓާއި އެކު މާސްކު އަޅައިގެން ތިބެވެސް ފޯން އަންލޮކް ވާއިރު އިތުރު ފަސޭހަތައްވެސް އާ އަޕްޑޭޓާއި އެކު އެޕަލްގެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އައިއޯއެސް 14.5 ނެރޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް އެޕަލްގެ ހަބަރުތައް ގެނެސްދޭ ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ މިމަސް ތެރޭގައި އައިއޯއެސް 14.5 ނެރޭނެ ކަމަށެވެ.

އައިފޯން އެޕަލް ވޮޗްގެ އެހީގައިވެސް އަންލޮކް ކުރެވޭނެ ގޮތް އެޕަލް އިން ވަނީ ހާދާފަ އެވެ. ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ބޭނުމުގައި އެޕަލް އިން މި ފީޗާރ އިތުރު ކުރި އިރު ފޯނުގައި އައިއޯއެސް 14.5 އަދި އެޕަލް ގަޑީގައި ވޮޗްއޯއެސް 7.4 ހުންނަން ޖެހެ އެވެ.

އެޕަލް ވޮޗް ބޭނުންކޮށްގެން އައިފޯން އަންލޮކް ކުރެވޭނީ ގަޑިއާއި ފޯނު ވަކި ވަރަކަށް ކައިރި ކޮށްގެންނެވެ. މި ފީޗާސް ބޭނުންކުރަން ސެޓިން ވެސް ހަދަން ޖެހޭނެ އެވެ. އައިފޯން އެޕަލް ވޮޗްގެ އެހީގައި އަންލޮކް ވިޔަސް އެޕަލް ޕެއި، އެޕް ސްޓޯ އިން އެޕްތައް ގަންނަ އިރު ފޭސް އައިޑީ ބޭނުން ވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު