ބޮލީވުޑު ފިލުމު އިންޑަސްޓްރީގެ ގިނަ ފަންނާނުންގެ ދަރިން ވެސް އެމީހުންގެ މަސައްކަތެއްގެ ގޮތުގައި ކުރަން ބޭނުންވެފައި އޮންނަނީ އެމީހުންގެ މައިންބަފައިން ވެސް ކުރާ މަސައްކަތެވެ. މިގޮތުން އެތައް ފަންނާނުންނެއްގެ ދަރިން މިހާރު ވެސް ދަނީ ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި މަސައްކަތް ކުރަމުންނެވެ.

ފިލުމު އިންޑަސްޓްރީއަށް އަލަށް ނިކުންނަން ތައްޔާރުވަމުންދާ ބޮލީވުޑު ފަންނާނުންގެ ދަރިންނަކީ:

ރެނޭ ސެން

ސުޝްމިތާ ސެންގެ ދަރިފުޅު ރެނޭ މިހާރު ވެސް ވަނީ ކުރު ފިލުމެއްގައި މަސައްކަތް ކޮށްފައެވެ. އޭނާ ދެން ފެންނިގެންދާނީ ފިލުމު ޑްރާމާޔަމާއިން ތާރޭޒޭ ޒަމީންޕަރުގެ ''އިޝާން'' ދަރުޝީލު ޝެފްރީއާއި އެކުގައެވެ.

ޖުނެއިދު ޚާންއާއި އިރާ ޚާން

އާމިރު ޚާންގެ ދަރި ޖުނެއިދުގެ ފުރަތަމަ ފިލުމު މަހަރާޖާގެ ޝޫޓިން މިހާރު ވެސް ފެށިގެން ކުރިއަށް ދަނީއެވެ. އަދި ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރަން ބޭނުންވާ އާމިރު ޚާންގެ އަންހެން ދަރި އިރާ ވަނީ އޭނާގެ ފުރަތަމަ ކުރުފިލުމު ޑައިރެކްޓް ކޮށްފައެވެ.

ކުޝީ ކަޕޫރު

ޝްރީދޭވީއާއި ބޯނޭ ކަޕޫރުގެ ދެވަނަ ދަރިފުޅު، އަދި ޖާންވީ ކަޕޫރުގެ ކޮއްކޮގެ ބޮލީވުޑަށް ތަޢާރަފްވާ ފިލުމުގެ ނަން ހާމަކޮސްފައި ނެތް ނަމަވެސް ކުޝީގެ ފިލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އާރްޔަން ޚާނާއި ސުޙާނާ ޚާން

ޝާހުރުކް ޚާނާއި ގައުރީ ޚާންގެ ދަރިން ކަމުގައިވާ އާރްޔަންއާއި ސުހާނާ ޚާން ވެސް ޑައިރެކްޝަންގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ޝާހު ބުނެފައިވާ ގޮތުގައި އާރްޔަންއަކީ ކާމިޔާބު ޑައިރެކްޓަރަކަށް ވާނެ ކުއްޖެކެވެ. އަދި ސުހާނާ ވަނީ އޭނާގެ ކުރު ފިލުމެއް ކުޅެ ޑައިރެކްޓް ވެސް ކޮށްފައެވެ.

އިބްރާހިމް ޢަލީ ޚާން

ސައިފް ޢަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހިމްއަކީ އެކްޓް ކުރުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށް ސައިފް ޢަލީ ޚާނާއި ސާރާ ޢަލީ ޚާން ވެސް ވަނީ ބުނެފައެވެ.

ބޮލީވްގެ އެންމެ ކުރީގައި މިހާރު ވެސް ފިޔަޖަހަމުން އަންނަ ބައެއް ތަރިންނަކީ މައިންބަފައިންގެ ފަސްފަހަތުން މިދާއިރާއަށް ވަން މީހުންނެވެ. ބައެއް ފަންނާނުން އެމީހުންގެ މައިންބަފައިން ބޮލީވުޑްގެ ނުފޫޒުގަދަ ތަރިންގެ ގޮތުގައި ދާއިރާއަށް ވަންނަމަވެސް އެދެވޭ ކާމިޔާބެއް ނުހޯދި ދާދި އަވަހަށް ދާއިރާއިން ގެއްލިފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު