ވިއެޓްނަމްގައި 12 ވަނަ ފަންގިފިލާއިން 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެއްޓެމުން ދަނިކޮން ޑެލިވެރީ ސާވިސްގައި އުޅޭ މީހަކު އެކުއްޖާ ބިމުގައި ޖެހުނަ ނުދީ ހިފަހައްޓާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން ދެއެވެ.

31 އަހަރުގެ ޑެލިވަރީ ސާވިސްގައި އުޅޭ އެންގުޔެން ޕެކޭޖެއް ޑެލިވާ ކުރަން އައިސް ވެހިކަލްގައި މަޑުކޮށްލައިގެން އިންދާ ކުޑަ ކުއްޖަކު ބެލްކަނިން އެލިގެން އޮއްވައި ފެނުނެވެ. އަދި އެންމެ ހިނދުކޮޅެއް ވެސް ލަސް ނުކޮށް އިމާރާތުގެ މެދާ ހިސާބަށް އަރައި އެކުއްޖާ އާއި ސީދަލަށް ވާނޭހެން މަޑުކޮށްލިއެވެ.

ވީޑިއޯގައި ފެންނަ ގޮތުންނަމަ ކުޑަ ކުއްޖާ ވެއްޓެމުން ދިޔަ ނަމަވެސް ޑެލިވަރީ ސާވިސްގައި އުޅޭ އެންގުޔެން އެކުއްޖާ ބިމުގައި ޖެހުނަ ނުދީ ހިފެހެއްޓޭނޭހެން ހުންނަތަނެވެ. މީޑިއާ ރިޕޯޓު ތަކުގައި ބުނެފައިވަނީ ކުޑަ ކުއްޖާ ވެއްޓިފައިވަނީ ފޫޓު މަތިން ސީދާ އެ ކުއްޖާ ސަލާމަތް ކުރުމަށް ތައްޔާރު ވެގެން ހުރި މީހާގެ އަތްދަނޑި މައްޗަށް ކަމަށެވެ.

"ނަސީބަކުން އަތްދަނޑިމައްޗަށް ބޭބީ ވެއްޓުނީ" ކުއްޖާ ވެއްޓުނަ ނުދީ ސަލާމަތް ކޮށްދިން އެންގުޔެން ބުންޏެވެ. އޭނާ ބުނެފައިވަނީ އުންމީދު ކޮށްގެން ހުރީ ބިމުގައި ނުޖެހެނިސް ކުއްޖާ ސަލާމަތް ކުރެވޭނެ ކަމަށެވެ. ކުއްޖާ ސަަލާމަތް ކުރުމަށް ފަހު އަމިއްލަ ނަމްބަރު ޖަހާފައި ގަނޑުކޮޅެއް ބޭންދި ކަމަށް ފާހަގަ ކުރިއެވެ. އޭނަާ ބުނީ އެކުއްޖާގެ ހާލު އަންގަން އާއިލާ އިން ގުޅަން ބޭނުން ވެއްޖެ ހާލަތެއްގައި ގުޅޭނެ ގޮތަށް ނަންބަރު ދިނީ ކަމަށެވެ.

ކުއްޖާ ގެންގޮސްފައިވަނީ ނޭޝަނަލް ޗިލްޑްރެންސް ހޮސްޕިޓަލަށެވެ. މި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑަޮކްޓަރުން މީޑިއާ އަށް ބުނެފައިވަނީ ހިޕް ޑިސްލޮކޭޓް ވުން ނޫން އެހެން ގެއްލުމެއް ކުއްޖާ އަށް ލިބިފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކަލޯ

  އެކުއްޖާ ކަލޯ އަތުގަޖެހޭތަ ؟

  15
 2. އަހުމަދު ނީޒް

  އަތުގަ ނުވެސް ޖެހޭ. އެހެނެއް ނޫން. ހޮސްޕިޓަލް އަށް ގެންދިޔަ ކަމަށް ވެދާނެ.

  13
 3. ތުނިޔަ

  މަގޭ ލޮލުގެ މައްސަލައެއްތަމީ؟ މަށަށް ފެންނަނީ އެމީހާޔާ ފޫޓެއްހާ ދުރަށް ކުއްޖާ ވެއްޓުނުކަން.

  7
  2
  • ީރިިެެ

   ކަނު މީހުން ނަކައް ނުފެންނާނެ