ބޮލީވުޑުގެ އެތައް ރީތި ލަވަތަކެއް ކިޔާފައިވާ ޝްރެޔާ ގޯޝަލްއާއި އޭނާގެ ފިރިމީހާ ޝިލަދިތުޔާ މުކޯޕަތުޔަޔާއަށް ދަރިއަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު ހިއްސާ ކޮށްފިއެވެ.

މިކަން ދެމަފިރިން އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓަކުންނެވެ.

ބަނޑު އެނގޭނެ ގޮތަށް ނޫކުލައިގެ ހެދުމެއްގައި ބަނޑުގައި ހިފަހައްޓާލައިގެން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ޝްރެޔާ ބުނެފައިވަނީ އެމީހުންނަށް ދަރިޔަކު ލިބެނީ ކަމަށާއި މި އުފާވެރި ޚަބަރު އެންމެންނާއި ވެސް ހިއްސާ ކުރަނީ ވަރަށް އުފަލުން ހުރެ ކަމަށާއި ދިރިއުޅުމުގެ މުޅިން އައު ބާބަކަށް ދަތުރު ކުރާއިރު އެންމެންގެ ލޯތްބާއި ހެޔޮ ދުޢާ ބޭނުންވާ ކަމަށެވެ.

އެތައް ބަޔަކު ލައިކްދީ މަރުހަބާގެ ކޮމެންޓްތައް ކޮށްފައިވާ މި ޕޯސްޓު ޝްރެޔާ ވަނީ އޭނާގެ ޓްވިޓާ އެކައުންޓުގައި ވެސް ހަމަ މި ޕޯސްޓް ޓްވީޓް ކޮށްފައެވެ.

ޝްރެޔާއާއި އޭނާގެ ކުޑައިރުގެ ރަހުމްތެރިޔާ ޝިލަދިތުޔާ މުކޯޕަތުޔަޔާ ކައިވެނި ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

ބޮލީވުޑުގެ މަޝްހޫރު ލަވަތަކެއް ކަމުގައިވާ ''ބަރްސޯރެ''، ''ޑޯލަރެ ޑޯލަރެ''، ''ގަރް މޯރެ ޕަރްދޭސިޔާ'' ފަދަ ލަވަތައް ކިޔާފައިވާ ޝްރެޔާ އެންމެ ފަހުން އެކަނި ކިޔާފައިވާ ''އަންގަނާ މޮރޭ'' އަކީ ޗާޓުތަކުގެ އެއްވަނައިގައި އުޅޭ އެއް ލަވައެވެ. ނޫހަކަށް މަޢުލޫމާތު ދެމުން ޝްރެޔާ ބުނެފައިވަނީ މި ލަވައަކީ ފުރަބަންދު ތެރޭގައި އެއްވެސް ޝައުގުވެރި ކަމެއް ނެތި ކިޔާފައިވާ ލަވައެއް ކަމަށެވެ.

އިންޑިޔާގެ ކްލެސިކް އަދި ފޯކް ލަވަތައް ކިޔުމަށް ޝައުގުވެރިކަން ހުންނަ ޝްރެޔާ ބުނެފައިވަނީ އޭނާއަށް އިހްސާސް ކުރެވެނީ އޭނާއަކީ މިޔުޒިކުގައި އިންޑިޔާގެ އެމްބެސެޑާރއެއްގެ ގޮތުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު