އެކި މީހުންގެ ލޯބީގެ ވާހަކަތަކަށް ހާއްސަކޮށްގެން އައިސް ޓީވީ އިން ގެނެސްދޭ "ލޯބިން" ޝޯވގެ މިރޭގެ އެޕިސޯޑުން ފެނިގެން ދާނީ މޯލްޑިވިއަން އައިޑޮލް އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ނަބީލް އާއި ހަމޫދުއެވެ.

މިރޭ 10:00 ގައި އައިސް ޓީވީން މި އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައިވާއިރު, ލަވަކިޔުމުގެ ދާއިރާއިން ކުރިއަރަމުން އަންނަ މި ދެ ފަންނާނުން އެ މީހުންގެ ލޯބީގެ ވާހަކަތައް ހިއްސާ ކުރާނެއެވެ.

އަދި ހަމޫދު އާއި ނަބީލް ލޯބި ސިފަކުރާ ގޮތާއި އަދި މި ނޫނަސް މިލޯބީގެ އެކި ކަހަލަ ވާހަކަތައް މި ދެ މީހުން ކިޔާދޭނެއެވެ.