ކޮރޯނާވައިރަސްގެ ނުރައްކާތެރިކަމާއި އެކު ކުދި ވިޔަފާރިވެރިންނަށް އިގްތިސާދީގޮތުން ބޮޑެތި ގެއްލުންތައް އަންނަމުންދާއިރު މިފަދަ ގެއްލުންތަކުން ސަލާމަތް ވުމަށް ބައެއް ވިޔަފާރިވެރިން ވަނީ ކަސްޓަމަރުންގެ ސަމާލުކަން ހޯދުމަށް މޮޅެތި އެތައް ސްޓްރެޓެޖީއެއް ހަދަމުންނެވެ.

މިގޮތުން އިންޑިޔާގެ ޕިޔުން އަށް ނިސްބަތްވާ ބޯކޮށައިދޭ މީހަކު މިވަނީ އޭނާގެ ވިޔަފާރި މަޝްހޫރުކޮށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް އާ އީޖާދެއް ކޮށްފަ އެވެ. ކަސްޓަމަރުންގެ ތުނބުޅި ހެދުމަށް ބޭނުންކުރާ ރޭޒަރު ރަނަށް ބަދަލުކޮށް ގިނަބައެއްގެ ސަމާލުކަން އޭނާ ވަނީ ހޯދާފައި އެވެ.

ރަނުން ހަދާފައިވާ ރޭޒަރަކުން ތުނބުޅި ހެދުމުގެ ތަޖުރިބާ އެތައް ބަޔަކު ކުރަމުންދާއިރު ބޯކޮށައިދޭ އަވިނާޝް ބޮރުންޑިޔާ ބޭރުގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ އެ ރޭޒަރު ހަދާފައި ވަނީ 80 ގްރާމު ރަނުން ކަމަށެވެ.

ވިޔަފާރިއަށް އައި ހީނަރުކަމުން އަރައިގަތުމަށް އަވިނާޝް ބޮރުންޑިޔާ ފެށި މި މަސައްކަތަށް އޭނާ އަށް ކުރިއެރުން ލިބެމުންދާއިރު ތުނބުޅި ހަދަން އަންނަ ކޮންމެ ކަސްޓަމަރެއްގެ އަތުންވެސް އޭނާ ނަގަނީ އެންމެ 100 އިންޑިޔަން ރުޕީސް އެވެ.

ފާއިތުވި އަހަރުގެ ޖޫން މަހުގައިވެސް އިންޑިޔާގެ ބޯކޮށައިދޭ މީހަކު ވަނީ ރަނުން ހަދާފައިވާ ކަތުރަކުން ބޯކޮށައިދީ ގިނަބައެއްގެ ސަމާލުކަން ހޯދާފައި އެވެ. 52 އަހަރުގެ ބޯކޮށައިދޭ އެ މީހާ ބުނީ އޭނާ ކައިރިޔަށް ހިދުމަށް ހޯދަން އަންނަ ފަރާތްތަކަށް އާ ކަމެއް ތަޖުރިބާ ކޮށްދިނުމަށް ޓަކައި ފެށި އެކަމަކީ ވިޔަފާރިތަށް އަލުން ހުޅުވުމާއި ދިމާކޮށް ކުރި ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު