އިކޮލޮޖިސްޓެއް ނަގާފައިވާ އެތައް ހާސް ސްޓާލިންގް ތަކެއް އުދުހޭ މަންޒަރު ފެންނަ ފޮޓޯ އަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެެ.

26 އަހަރުގެ ޖޭމީ ކިންގްސްކޮޓް، އޭނާ ކާރުގައި މަސައްކަތަށް ދާން ދިޔަ މަގުމަތިން އެތަށް ބައިވަރު ދޫނި ތަކެއް އުދުހެމުން އޭނާގެ ކުރިމައްޗައް އައުމުން އޭނާ ވަނީ ފޮޓޯ ނަގާފައެވެ.

އޭނާ ބުނެފައިވަނީ މުޅި ހިސާބުގައި ވަނީ ދޫނިތައް ކަމަށެވެ. އެތައް ހާސް ދޫނި ތަކެއް އެވަގުތު އެތަނުގައި އުދުހެމުން ދިޔަކަން ކިންގްސްކޮޓް ފާހަގަ ކުރިއެވެ.

ކާރު ތެރޭގައި ކިންގްސްކޮޓް އިންއިރުގައި ބޭރުން ފެންނަމުން ދިޔަ ދޫނި އުދުހޭ މަންޒަރު އޭނާ އަށް ސިފަ ކުރެވުން ކަމަށް ބުނެފައިވަނީ ފޮޓޯ އަކަށް ހަމަ ރީއްޗަށް ތައްޔާރު ވެލައިގެން ތިބިހެން ކަމަށެވެ.

ދޫނިތަކުގެ ފޮޓޯ ނަގާފައިވާ ކިންގްސްކޮޓް

ކިންގްސްކޮޓް އަކީ ސީކްރެޓް ވޯލްޑް ވައިލްޑްލައިފް ރެސްކިއުގައި ވައިލްޑް ލައިފް ރިލީފް ކޯޑިނޭޓާ އެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އޭނާ ބުނެފައިވަނީ މަސައްކަތަށް ދާން ދިޔަ މަގުމަތިން، އޭނާގެ ކުރިމަތިން ލައިފައި ދޫނިތައް އުދުހިފައި ގޮސް އަނެއްކާވެސް އެނބުރި ކިންގްސްކޮޓް ދުއްވަމުންދިޔަ ކާރާ ދިމާލަށް އަންނަން ފެށުމުން، ކާރު ހުއްޓާފައި ދޫނި ތަކަށް ބަލަން އިނީ ކަމުގައެވެ.

އެވަގުތު ކިންގްސްކޮޓް ވަނީ އެތައް ބައިވަރު ސްކާލެޓް ތަކެއް އުދުހެމުން ދިޔަ ފޮޓޯއެއް ނަގައި ޓްވިޓާއަށް އަޕްލޯޑް ކޮށްފައެވެ. ކުދި ކުދި ސްކާލެޓް ތައް ފެންނަ މި ފޮޓޯއަށް ވަނީ 3،000 އަށް ވުރެ ގިނަ ލައިކު ލިބިފައިވެއެވެ.

ކިންގްސްކޮޓްގެ އުންމީދަކީ މި ފޮޓޯ ބަލައި ގިނަ ބައެއްގެ ޝައުގު ވެރިކަން ދޫނިތަކަށް ލިބުމެވެ.

ކިޔުންތެރިންގެ ހިޔާލު