ގިނަ ދުވަސްތަކަކަށްފަހު މަޝްހޫރު ވީލޮގަރ ނުސައިރު ޔާސީންގެ ފޭސްބުކް ޕޭޖް، ނަސް ޑެއިލީއަށް ވެދޭ ގޮތް ހަދައިފިއެވެ. އިއްޔެއިން ފެށިގެން ނަސްގެ ފޭސްބުކް ޕޭޖްއަށް ދިވެހިންނަށް ވަދެވޭ ގޮތްވަނީ ހަދާފައެވެ.

ނަސްގެ ޕޭޖް ރާއްޖޭގައި ނުފެންނަ ގޮތް ހެދީ ނަސް ރާއްޖެއާ ބެހޭ ގޮތުން ހެދި ވީޑިއޯއެއްގެ ސަބަބަބުން ނަސް އާއި ކުރިމަތިވި ނަފުތަރުގެ ސަބަބުންނެވެ. ރާއްޖޭގެ ޘަޤާފަތް ކަމަށްބުނެ ނަސްހެދިހެދި ވީޑިއޯއިން ދައްކައިދެނީ ބުރުގާ އަޅާ އަންހެނަކު ބުރުގާ ނަގަން ބޭނުންވެ، އެކަން ކުރަން ނުކެރިގެން އުޅޭ ވާހަކައެވެ. އަދި އެކަމާއި ހިތާމަކުރާ ކަމާއި ބުރުގާ ނަގަން ޖެހިލުންވާ މިންވަރު ވީޑިއޯގައި އެ އަންހެން މީހާ ވަނީ ކިޔައިދީފައެވެ. "އެކްސް" ގެ ނަމުން ނަން ދީފައިވާ މިމީހާއަށްވެސް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެގެން ދިޔައިރު ގިނަ ބަޔަކުވަނީ ނަސް ރާއްޖޭގެ ޘަޤާފަތްކަމަށްބުނެ ވަކި ބަޔަކު ދުނިޔެއަށް ދައްކުވައިދޭން ބޭނުންވި މަންޒަރު ނަސްގެ ޕޭޖް މެދުވެރިކޮށް އާއްމު ކުރުމުން ރުޅިވެރިކަން ފާޅުކޮށްފައެވެ.

ނަސް އާ މީގެ ކުރިން ޢާންމު ފަރާތަކުން، ޕޭޖު "ބޭން" ކުރި ކުރުމާއި ގުޅިގެން، ނަސް އާއި ކުރި ސުވާލަކަށް ޖަވާބުދެމުން ބުނެފައިވަނީ، ޕޭޖަށް ނުވަދެވޭ ގޮތަށް ހަދާފައިވަނީ، އަމިއްލައަށް ކަމަށެވެ. އަދި އެކަން ކުރީ، ރާއްޖެ އާއި ގުޅޭގޮތުން ދިވެހި އަންހެނަކު ލައްވައި ހަދާފައިވާ ވީޑިއޯގައި ފެންނަ މީހާ، ސަލާމަތަށްޓަކައި ކަމަށެވެ. އަދި އޭނާއަށް ފާޑުކިއުމުގެ ބަދަލުގައި ހިއްވަރުދިނުުމަށް ނަސް ވަނީ ގޮވާލާފައެވެ.

ނަސްގެ ފޭސްބުކް ޕޭޖް ރާއްޖޭގައި ނުފެންނަ ގޮތަށް ހަދާފައިވަނީ މެއި 20 ގައެވެ.

ނަސްއަކީ ޤައުމުތަކަށް ޒިޔާރަތްކޮށް ކޮންމެ ދުވަހަކު އެއް މިނެޓްގެ ވީޑިއޯއެއް ހަދާ އޭނާގެ ފޭސްބުކް ޕޭޖްގައި އާއްމު ކުރަމުން އަންނަ ޕަލަސްތީން ދަރިކޮޅަކަށް އުފަން އިސްރާއީލުގައި ދިރިއުޅެމުން އަންނަ މީހެކެވެ.