އިންސްޓަގްރާމް ފަދައިން މަސްހޫރު ސްނެޕްޗެޓްގައި ލިބެންހުންނަ ބިޓްމޯޖީ ފްރެންޑްމޯޖީތައް އައިއޯއެސްގެ އެޕް އަކުން ލިބޭގޮތް ހަދަނީ އެވެ.

ސްނެޕްޗެޓުން މިދިޔަ ހުކުރުދުވަހު ހާމަކުރިގޮތުގައި ރައްޓެހިން އެކީގައި ތައްޔާރުކޮށްފައި ހުންނަ ފްރެންޑްމޯޖީތައް އައިމެސެޖް އަށާއި އައިފޯން އަދި އައިޕެޓްތަކަށް އަންނަނީ ކަމަށެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި މި އެޕް ނެރުމަށް ހަމަޖެހިފައިވާއިރު، މި ސްޓިކާތަށް މިހާތަނަށް ބޭނުންކުރެވުނީ ސްނެޕްޗެޓުގައި އެކަންޏެވެ. އަދި މި އެޕްގެ ފައިދާ ނެގުމަށް އެ ބިޓްމޯޖީއާއި ސްނެޕްޗެޓް ލިންކް ކުރެވިފައި އިންނަންވާނެއެވެ.

މީގެ އިތުރުން ސްނެޕްޗެޓުން ދުވަސްކޮޅެއްގެ ތެރޭގައި 3ޑީ ޕްރެންޑްމޯޖީވެސް އަންނަ ހަފްތާތެރޭގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އެގޮތުން އެއީ އައިފޯން އެކްސް ގައި ތައާރަޕްކުރި އަނިމޯޖީއާއި އެއްފަދަ ސްޓިކާތަކެއް ކަމަށާއި ސްނެޕްޗެޓްގެ 3ޑީ ސްޓިކާތަކަށް ކިޔުމަށް ހަމަޖެހިފައިވަނީ މެމޯޖީ ކަމަށް އެފަރާތުން ބުނެއެވެ.

އެކަމާ ގުޅުންހުރި މާގިނަ މައުލޫމާތެއް އަދި ސްނެޕްޗެޓުން ދީފައި ނުވިނަމަވެސް މި ބަދަލާއެކު އެހެނިހެން ބަދަލުތަކެއްވެސް ސްނެޕްޗެޓަށް ގެންނާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު