ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަދި ކުޅަދާނަ ޕްރޮޑިޔުސަރު އަނިލް ކަޕޫރު އޭނާގެ ދިރިއުޅުމާއި ގުޅުން ހުރި ވަރަށް މުހިންމު ވާހަކައެއް އޭނާގެ ސަޕޯޓަރުންނަށް ހިއްސާކޮށްފިއެވެ.

އެގޮތުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި އަނިލް ކަޕޫރު ބުނެފައިވަނީ އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ އޭނާގެ އަންހެނުން ސުނީތާ ކަމަށެވެ.

ބޮލީވުޑްގައި 30 އަހަރަށް ވުރެއް ގިނަ އަހަރު ހޭދަކޮށްފައިވާ އަނިލް ކަޕޫރަކީ މަޝްހޫރު ވިޔަފާރިވެރިއެއްވެސް މެއެވެ. އަދި އޭނާއަށް ލިބޭ ފައިސާގެ އެންމެހާ ކަންކަން ބަލަހައްޓަނީ އޭނާގެ އަނބިމީހާ ކަމުގައިވެސް އަނިލް ބުނެފައިވެއެވެ.

" އަހަރެންގެ ވިޔަފާރީގެ ގިނަ ކަންކަން ބަހަލައްޓަނީ އަހަރެންގެ އަނބިމީހާ. ތެދަށް ބުނާނަމަ އަނބިމީހާ އެއީ އަހަރެންގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ. " އަނިލް ކަޕޫރު ބުނެފައިވެއެވެ.

އަދި ކާމިޔާބީއަށް ވާސިލްވުމަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި ކާމިޔާބީއާއި ހަމައަށް ވާސިލް ވެވުނީ އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އެކު ކުރި މަސައްކަތުން ކަމަށްވެސް އަނިލް ވަނީ ބުނެފައެވެ.

" ރޭސް" ކަލެކްޝަންގެ ފިލްމުތަށް ޕްރޮޑިޔުސްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަނިލް ކަޕޫރަކީ ރޭސްގެ ފިލްމުތަކުގެ ލީޑު ރޯލުންވެސް ފެނިގެންދާ ހުނަރުން ފުރިގެންވާ ތަރިއެކެވެ. މިހާރު އުމުރުން 61 އަހަރުގެ އަނިލް ކަޕޫރަކީ ކަޕޫރު އާއިލާގައި މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ އެކްޓަރުވެސް މެއެވެ.

އަދި އަނިލް އަކީ ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ސޯނަމް ކަޕޫރުގެ ބައްޕަވެސް މެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު