40 އަހަރު ފުރުމުން ނުވަތަ މިހާރުވެސް އެ އުމުރަށް އެޅިއްޖެނަމަ މި ކާނާތަކަކީ ކެއުމުގައި ހިމެނުން ރަނގަޅު ތަކެއްޗެއް ނޫނެވެ. އެއީ އެ އުމުރު ފުރާއަކީ ހަށިގަނޑަށް ދޭންޖެހޭ ސަމާލުކަން އިތުރު ކުރަންޖެހޭ ދުވަސްވަރަކަށް ވުމުންނެވެ. އަދި ކެއުމުގައި ނުރަނގަޅު ކާނާ ހިމަނައިފިނަމަ ނޭދެވޭ އެހެން ބަލިތަކަށް މަގުފަހިވާތީ އެވެ.

ފިޒީ ޑްރިންކްސް ނުވަތަ އެނާޖީ ޑްރިންކްސް އަކީ އެއްވެސް އުމުރުފުރާއެއްގެ މީހެއްވެސް ގިނައިން ބޭނުންކުރުން ރަނގަޅު އެއްޗެއް ނޫނެވެ. ނަމަވެސް އެފަދަ ތަކެއްޗަކީ މި އުމުރުގައި ނުބޮއެ ދޫކޮށްލަންޖެހޭ އެއްޗެއްސެވެ. އެއީ އެތަކެތީގައި ގިނަ އަދަދަކަށް ހަކުރު ހިމެނުމުގެ ސަބަބުން އެ އުމުރަކީ ހަކުރު ބައްޔާއި ގާތްކުރުވާ އުމުރަކަށް ވުމުންނެވެ.

ކެއުމަށް ބޮޑެތި ބަދަލުތަކެއް އެ އުމުރުގައި ބޭނުންވާއިރު އެންމެ މުހިއްމު ކަމަކަށް ކެއުމަށް ބޭނުންކުރާ ފުށް ބަދަލުކުރަން ޖެހެއެވެ. ހުދު ފުށުގެ ބަދަލުގައި އާޓާ ފުށަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބިދޭ ފުށެކެވެ. އަދި ވައިޓް ބުރެޑްގެ ބަދަލުގައިވެސް ބްރައުން ބްރެޑް ބޭނުންކުރަން އާދަކުރާށެވެ.

ބަންދުކޮށްފައި ހުންނަ ސޮސެޖް، ކުކުޅު ފަދަ ތަކެއްޗަކީ ރީއްޗަށް ފިނި ނުކުރެވިއްޖެނަމަ ހަށިގަނޑަށް ގެއްލުން ލިބިދޭ އެއްޗެއްސެވެ. އޭގެ އިތުރުން އެދަފަ ދަޅުގައި ހުންނަ މަސް ނުވަތަ ބަންދުކުރެވިފައި ހުންނަ ތަކެތި އެ އުމުރުފުރާގައި ބޭނުންކުރުމުން ކެންސަރަށް މަގުފަހިވާކަމަށް ދިރާސާތަކުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިމް

    ދަޅުމަސްތޯ؟