މީހުންނަށް ދިމާވާ ތަފާތު އެކި ކަންކަން މީސް މީޑިއާގައި ހިއްސާކުރެއެވެ. އެގޮތުން ފެބްރުއަރީ މަހު ބައްޕައަކު އާންމުންނާ ހިއްސާކޮށްފައިވާ ޓިކްޓޮކް ވީޑިއޯއަކުން ފެންނަނީ ކުއްޖަކު ދަމާފައި އެނދު ދަށަށް ގެންދާ މަންޒަރެވެ.

މީގެ ހަތަރު ދުވަސް ކުރިން މަންމައަކު މީސް މީޑިއާގައި ވަނީ މިކަހަލަ ތަފާތު ހާދިސާއެއްގެ ވީޑިއޯ ހިއްސާކޮށްފައެވެ. މި ވީޑިއޯ އަކީ ކޮން ގައުމެއްގައި ރިކޯޑު ކުރެވިފައި ވާ ވީޑިއޯއެއް ކަން އެނގޭކަށް ނެތެވެ.

މަންމަ ފޯނާ ކުޅެން ހުރި ވަގުތު ކުއްޖާ ބޭބީ މޮނިޓަރިންގް އާ ދިމާލަށް ބަލައި ހަނާ އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ބޭބީ ކެމެރާގެ ރިކޯޑިންގް އިން ފެނިގެންދަނީ ކުއްޖާ ކޮޓަރީގެ ކަނަކާއި ދިމާލަށް އަމިއްލަ ވާހަކަ އެއް ދައްކައި އަޑު ލައްވަމުން ދާ މަންޒަރެވެ. އެވަގުތު ވައި އަޑަކުން "އެހީވާށޭ" ބުނާއަޑު އިވެއެވެ. އެވަގުތު ކޮޓަރި ތެރެއިން ތުއްތު ކުއްޖާއާއި ކުއްޖާގެ މަންމަ ފިޔަވާ އެހެން މީހެއްގެ ހިލަމެއް ނުވެއެވެ.

ކުއްޖާގެ މަންމަ ބުނެފައިވަނީ ދަރިފުޅު ބަލަން ގޭގައި ގެންގުޅޭ މީހާގެ ޑިވައިސްއިން އެވަގުތުގެ މަންޒަރު ބެލި އިރު މީހަކު "އެހީވާށޭ" ބުނާ އަޑު ނީވޭ ކަމަށެވެ. ނަމަވެސް މައި ނޭވާ ލާ އަޑު އިވުނުކަމަށް އޭނާ ބުނެފައިވެއެވެ. އަޑު އަންނަނީ ކޮން ދިމާލަކުން ކަމެއް ފާހަގައެއް ނުވެއެވެ.

މި ވީޑިއޯއަށް ކޮމެންޓް ކޮށްގެން އެކި މީހުންގެ ހިޔާލު ފާޅުކޮށްފައިވެއެވެ. އެގޮތުން ބައެއް މީހުން މޮނިޓަރިންގް ޑިވައިސް ހެކް ވެފައި ވެދާނެ ކަމަށް ބުނާއިރު އަނެއް ބަޔަކު އެއީ ރޫހާނީ ކަމަކަށް ވެދާނެއޭ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު