ދުނިޔޭގެ ރެކޯޑް ފޮތަކީ ތަފާތު އެތައް ބާވަތެއްގެ ރެކޯޑްތަކަކާއި އެކު އެކުލަވާލާފައިވާ އާދަޔާ ޚިލާފު ހުންރުވެރިން ގިނަ ލިސްޓެކެވެ. ހަމައެއާއި އެކު ގުދުރަތުގެ އަޖައިބުު ކުރުވަނިވި ކަންކަމާއި އެކުވެސް ރެކޯޑް ފޮތުން ޖާގަ ލިބެއެވެ. ހަމައެހެންމެ ހީ ނުކުރާ ކަހަލަ ކޫސަނި ކަންކަމުގެ ސަބަބުން ވެސް ރެކޯޑް ފޮތުން ޖާގަ ލިބެއެވެ.

އޭގެ ތެރޭގައި އާދަޔާ ޚިލާފު އިސްކޮޅާއި، އާދަާއި ޚިލާފަށް ފަލަވުން ފަދަ ކަންްކަމުގެ ސަބަބުން ވެސް ރެކޯޑް ފޮތަށް އަރާފާނެއެވެ. މިފަހަރު ވެސް މިއޮތީ ތަފާތު ރެކޯޑެކެވެ. މިއީ އެންމެ ދިގު ކިރުދަތުގެ ރެކޯޑެވެ. މިއީ އޮންނަ ރެކޯޑެއްކަން ވެސް ފަހަރެއްގާ ނޭނގިދާނެއެވެ. ކިރު ދަތްތަކަކީ އާއްމުކޮށް ކުދި ދަތްތަކަކަށް ވުމުން ބޮޑު ކިރުދަތެއް ފެނުމުން އެކަން ވަނީ އާދަޔާއި ޚިލާފު ކަމަށެވެ.

ދުނިޔޭގެ އެންމެ ދިގު ކިރު ދަތުގެ ރެކޯޑް މިހާރު އޮތީ ކެނެޑާގެ ލޫކް ބަލްޓޮން ކިޔާ ފިރިހެން ކުއްޖެއްގެ އަތުގައެވެ. އެއީ 2.6 ސެންޓިމީޓަރު ދިގު ކިރު ދަތެކެވެ. މި ކިރުދަތް ނަގާފައި ވަނީ 2019 އަހަރެވެ. އެހެންނަމަވެސްއެކަން ވޯލްޑް ރެކޯޑަށް އަންގާފައި ވަނީ މި އަހަރެވެ. އަދި ރެކޯޑް ފޮތުގައި އެކަން ހިމަނާފައި ވަނީ މީގެ ދުވަސްްކޮޅެއް ކުރިންނެވެ. ބައެއް މީހުން ވަނީ އެހާބޮޑު ކިރު ދަތެއް ފެނުމުން އަޖައިބުވާ ކަމަށް ބުނެ އެ ކިރު ދަތުގެ ފޮޓޯތައް ވެސް ހިއްސާކޮށްފައެވެ.

ކުރިން މި ރެކޯޑް އޮތީ ކާޓިސް ބޭޑީ ކިޔާ ކުއްޖެއް އަތުގައެވެ. އެވެސް އުމުރުން 10 އަހަރުގެ ކުއްޖެެވެ. އޭނާގެ ކިރު ދަތުގެ ދިގު މިނަކީ 2.4 ސެންޓިމީޓަރެވެ.

ކިޔުންތެރިންގެ ހިޔާލު