އިންޑިއާގައި "ޖިންނި ކޮލެޖް"ތަކެއް ހިންގަމުންދާ ކަމަށާއި، އެތަންތަނުން ޑިގްރީއާ ހަމައަށް ކިޔަވާފައިވާ ކަމުގެ ސެޓްފިކެޓްތައް ދޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެ ދެ ކޮލެޖަކީ އެންއާރްއެސް ކޮލެޖާއި، ސްރި ރާމް ކޮލެޖެވެ. މި ދެ ކޮލެޖާއި، ގުޅުން ހުރި މައްސަލަތައް މިހާރު ވަނީ ކަމާއި ގުޅުން ހުރި އިދާރާތަކަށް ހުށަހަޅާފައެވެ.

މި ދެ ކޮލެޖަކީ މަހާރާޖާ ޗަޓްރަސަލް ބުންޑެކްޚާންދް ޔުނިވާސިޓީއާ ގުޅުން ހުރި ކޮލެޖްތަކެވެ. މި ދެ ކޮލެޖަކީ އެއްވެސް ވަރަކަށް ހިންގަމުންދާ ކޮލެޖްތަކެއް ނޫންކަމުގައިވިޔަސް މި ތަންތަނުން ޑިގްރީ އާ ހަމައަށް ސެޓްފިކެޓް ދެއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، މި ދެ ކޮލެޖަކީވެސް މިހާރު އިމާރާތް ކުރަމުންދާ ކޮލެޖްތަކެވެ. މި ތަންތަނުން އަދި ކިޔަވާދޭން ނުފަށައެވެ.

މިފަދަ ކޮލެކްތަށް މިހާރު ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތަކެއް އިންޑިއާގައި ފެންމަތިވިއެވެ. އެގޮތުން 2016 ވަނަ އަހަރު ތެރޭގައި ކިޔަވާ ދިނުމެއް ނެތި އަދި ކިޔަވާދޭނެ ތަނެއް ނެތި ބައެއް މީހުންނަށް ޑިގްރީ ސެޓްފިކެޓްތައް ދީފައިވާކަން ފާހަގަވެފައިވާ ކަމަށް ވެއެވެ.