އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ސަލްމާން ޚާންގެ ފިލްމް "ބާރަތު" ގެ މަސައްކަތް ފަށައިފިއެވެ.

އަލީ އައްބާސް ޒަފަރު ބުނާގޮތުގައި ފިލްމުގެ މަންޒަރުތަށް ނަގަން ފަށަނީ ލަންޑަނުގައެވެ. އެނާ އެހެން ބުނީ ފިލްމާއި ބެހޭގޮތުން ކުރި ޓްވީޓެއްގައެވެ.

"ފިނި ފިނި ލަންޑަންގައި އަހަރެމެން 'ބާރަތު' ގެ މަސައްކަތް ފަށައިފިން. މިއީ ކުޑަދުވަސްކޮޅަކަށް އަހަރެމެން ދިރިއުޅޭ ތަން. އަހަރެމެނަށް ކާމިޔާބު ލިބޭނެކަމަށް އުއްމީދުކުރަން" ފިލްމްގެ މަސައްކަތް ފެށިކަމަށްބުނެ އޭނާ ކުރި ޓްވީޓެއްގައި ވެއެވެ.

މިއީ ސަލްމާން ޚާން އާއި އަލީ އައްބާސް އާއި ދެމީހުން އެކުގައި މަސައްކަތް ކުރާ ދެވަނަ ފަހަރެއެވެ. ކުރިން އެދެމީހުން އެކުގައި މަސައްކަތް ކޮށްފައިވަނީ "ސުލްތޯން" އާއި "ޓައިގަރ ޒިންދާ ހެއި" ގައެވެ. ޒަފަރު ޑައިރެކްޝަންގެ ދަށުން ކުޅޭ "ބާރަތު" އެއީ ތިންވަނަ ފިލްމެވެ. ކުޜީގެ ދެ ފިލްމަކީ ވަރަށް ކާމިޔާބު ބޮޑު އާންމުދަނީއެއް ލިބުނު ދެ ފިލްމެއެވެ.

"ބާރަތު" އަކީ 2014 ވަނަ އަހަރު ނެރުނު ސައުރު ކޮރިއާ ފިލްމެއް ކަމަށްވާ "އޯޑޭ ޓު މައި ފާދާ" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައަކަށް ކުޅޭ ފިލްމެކެއެވެ. ލަންޑަންގެ އިތުރުން މިފިލްމް އަބޫދާބީ، ސްޕެއިން، ޕަންޖާބް އަދި ދިއްލީގައި ކުޅުމަށް ހަމަޖެހިފަވާކަމަށް ރިޕޯޓްތަށް ބުނެއެވެ.

ފިލްމްގައި ހަރަކާތްތެރިވާ އެހެނިހެން ފަންނާނުންގެ ނަންތަށް ފަހުން ހާމަކުރާނެއެވެ. މި ފިލްމް ނެރުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ.