ބަނޑުގައި ރިއްސުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު ކެތް ނުވާވަރަށް ބަނޑުގައި ރިއްސައެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ވަރަށް ގިނަ ކަންތައް ކުރެއެވެ. ބައެއް ފަހަރު މިގޮތަށް ކުރާ ކަމަކުން އެދެވޭ ހައްލެއް އަންނަ ތަނެެއް ނުފެނެއެވެ.

އެހެންކަމުން ބަނޑުގައި ރިއްސާނަމަ މި ބާވަތްތައް ބޭނުންކޮށްލާށެވެ.

އެކަމަށް އެންމެ ފުރަތަމަ ބޭނުންކުރާނީ އިނގުރާއި ރީދޫކަމަށް ކަމާއި ބެހޭ މާހިރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބަނޑުގައި ރިއްސާނަމަ ބައެއް ކަހަލަ ކެއުންތަކުން ދުރުވާން ވެސް ޖެހެއެވެ. އެގޮތުން ބަނޑުގައި ރިއްސާނަމަ ކިރުގެ ބާވަތްތައް ބޭނުން ނުކުރުން މުހިއްމެވެ.

އަދި މީގެ އިތުރުން ފެޓް ހުންނަ ޕްރޮޑަކްޓްތައް ބޭނުން ނުކުރުމަށް ވެސް ކަމާބެހޭ މާހިރުން ލަފާދެއެވެ. އެގޮތުން ނަޓްސް ތެޔޮ އަދި އެވޮކޭޑޯ އެ ހާލަތްތަކުގައި ބޭނުން ނުކުުރުމަށް ވަނީ ލަފާދީފައެވެ. އަދި ކޮފީ ފަދަ ބާވަތްތައްވެސް އެ ވަގުތުތަކުގައި ބޭނުން ނުކުރުމަށް ވަނީ ލަފާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު