ހަރަދު ކުޑަކުރުމުގެ ބޭނުމުގައި އަންހެނަކު އޭނާގެ ފިރިމީހާ ބޭރުން ކާ އެއްޗެހި ގަނެގެން ކެއުން ހުއްޓުވުމުގެ ގޮތުން، ގެއިން ކާއެއްޗެހި ހަދައިގެން ގެންދާ ގޮތް ހެދިއެވެ.

ކޮންމެ ދުވަހަކު ފިރިމީހާ މަސައްކަތަށްދާއިރު، އަންހެނުން އަމިއްލައަށް ތައްުޔާރުކޮށްފައި ހުންނަ ލަންޗް ބޮކްސްއެއް ދޭއިރު، ފިރިމީހާ އެ އެއްޗެހި ނުކާ ކަން އެނގުނީ ދާދި ފަހުންނެވެ.

ރެޑިޓްގައި މިކަން ހިއްސާ ކުރަމުން އެ އަންހެން މީހާ ބުނެފައި ނުކައި ވިއްކާކަން ފަޅާ އަރައިފި އެކަން ފިރިމީހާގެ އޮފީސް މީހަކު ހިއްސާ ކުރުމުން ކަމަށެވެ.

އެ އަންހެން މީހާ ބުނެފައިވާގޮތުގައި އޭނާ އާ ފިރިމީހާ ހަރަދުތައް ކުޑަކުރަން ނިންމީ އާ އެޕާޓްމެންޓެއް ނެގުމަށެވެ. އެކަން ކުރުމަށް ފިރިމީހާ ބޭރުން ގަނެގެން އެއްޗެހި ކެއުން ހުއްޓުވަން ބޭނުންވިއެވެ. އަދި އެގޮތަށް ބޭރުން ކެއުމުގެ ބަދަލުގައި ގެއިން ކާ އެއްޗެސް ގެންދާ ގޮތަށް ހެދިއެވެ.

އެހެން ނަމަވެސް އެންމެ ފަހުން މި ލިބުނު މައުލޫމާތުތަކުން އެނގުނުގޮތުގައި އޭނާ ކައްކާފައި ދޭ ކާއެއްޗެހި ފިރިމީހާ ނުކައެވެ. ބަދަލުގައި އޭނާ އެ އެއްޗެހި ވިއްކައިގެން ފައިސާ ހޯދައި، އެ ފައިސާ އިން ބޭރުން ކާ އެއްޗެހި ގަންނަނީއެވެ.

މިކަންތައް ފަޅާއެރި ހިސާބުން އެ އަންހެން މީހާ އޭނާގެ ފިރިމީހާ އަށް އޮފީހަށް ގެންދަން ކާއެއްޗެހި ހެދުން ހުއްޓާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ރަނގަޅެއްނޫންތަ އިތުރު ހަރަދެއް ނުދެއެއްނޫންތޯ.

    11