ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުމުން އޭނާގެ ފިރިމީހާ ފެށީ ހަށިވިއްކާށެވެ. އިންޑިއާއަށް ނިސްބަތްވާ މި ފިރިހެންް މީހާ އެ މަސައްކަތުގައި އުޅޭތާ އެތައް ދުވަހެއް ވެފައިވާއިރު، އެކަން ފަޅާ އެރި ހިސާބުން އޭނާގެ އަނބިމީހާ ވަނީ އޭނާ ކައިރިން ވަރިވާން އެދިފައެވެ.

އެ މައްސަލާގައި ފުރަތަމަ އަންހެން މީހާ އެދުނީ ބެންގަލޫރްގެ ފުލުހުންގެ އެހީތެރިކަމަށެވެ. އެ މައްސަލާގައި ދެ މީހުން ކައުންސެލިންގ ސެޝަންތައް ވެސް ނެގިއެވެ. އެންމެ ފަހުން ދެ މީހުންގެ ރުހުމާއެކު ވަރިއާއި ހިސާބަށް ވަނީ އައިސްފައެވެ.

މިއީ ވަރަށް ލޯބިން ކައިވެނި ކުރި ދެ މީހެކެވެ. އެގޮތުން ފުރަތަމަ ނަޒަރުން ލޯބިވެގެން ކައިވެނި ކުރި ދެ މީހުން ކަމަށް ރިޕޯޓްތަކުގައި ވެއެވެ. 2017 ވަނަ އަހަރު މި ދެ ލޯބިވެރިން ދިމާވެފައި ވަނީ ބެންގަލޫރްގެ ބީޕީއޯ އޮފީސް ކެންޓީންގެ ތެރެއިންނެވެ. އެ މީހުން އެކުގައި ދެ އަހަރު ދުވަހު އުޅުމަށްފަހު 2019 ވަނަ އަހަރު މި ދެ މީހުން ކައިވެނި ކުރިއެވެ. އަދި އެޕާޓްމެންޓެއް ވެސް ގަތެވެ.

އޭގެ ފަހުން ވަރަށް ރަނގަޅަށް ކަންކަން ގޮސް އެފިރިހެން މީހާގެ ވަޒީފާ ގެއްލުނީއެވެ. ކޮވިޑާއި ހެދި އޭނާގެ ވަޒީފާ ގެއްލި ހާލުގައި ޖެހެން ފެށުމުން އެތައް ތަނަކަށް ވަޒީފާއަށް ކުރިމަތިލިއެވެ.

އެހެން ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވިއެވެ.

އޭގެ މަސްތަކެއް ފަހުން އޭނާގެ އަންހެނުންނަށް ޝައްކު އުފެދިގެން ދިޔައީ ފިރިމިހާ މާބޮޑަށް ފޯނާއި ލެޕްޓޮޕައިގެން އުޅޭތީއެވެ. އަދި ފިރިމީހާ އެކި ބަހަނާ ދައްކާފައި ތަންތަނަށް ދާތީވެސް ކަމެއް ގޯހުން ގޯހަށް ހިނގާކަން އެނގުނެވެ. އެކަން އަންހެން މީހާ އަށް ވަރަށް ބޮޑުކަމަށް ވިއެވެ. ފިރިމީހާގެ އުޅުން ހުންނަނީ ޝައްކުތައް އުފެދޭ ކަހަލަ ގޮތަކަށް ކަމުން އޭނާ ވަނީ، އޭނާގެ ބޭބެއެއްގެ އެހީގައި ފިރިމީހާގެ ލެޕްޓޮޕް ބަލާފައެވެ.

"އެކަމުން އެނގުނީ ފިރިމީހާގެ ބަރަހަނާ ފޮޓޯތައް ހުރިކަމާއި، އެހެން ބައެއް އަންހެނުންގެ ފޮޓޯތައް ހުރިކަން، އަދި ފިރިމީހާއަކީ ހަށިވިއްކަމުން ދާ މީހެއްކަންވެސް ވަނީ އެނގިފައި، އެއީ ގަޑިއިރަކަށް 3000 ރުޕީސް އާއި 5000 ރުޕީސް އާ ދެމެދުގެ އަގެއްކަން އެނގުނުއޮރު، އޭނާގެ ވަރަށް ގިނަ ކްލައިންޓުން ތިބޭކަންވެސް ވަނީ އެނގިފައި:".

އެހެން ނަމަވެސް އެ ފިރިހެން މީހާ އެކަމަށް އެއްބަސް ވެެފައެއް ނުވެއެވެ.

ނަމަވެސް ފަހުން ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައުމުން އެ ފިރިހެން މީހާ ވަނީ އެކަމަށް އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިރާއްޖެ

    މިކަން މިކަލޭގެ ދަސްކުރީ ރާއްޖެއިން ކަމަށްވެދާނެ. ރާއްޖޭގެ ވެބްކެމް ސްޓޯރީ މީނާއަށް ލިބުނީކަން ނޭގެ. ވެބްކެމްގެ ފަހުލަވާނުން ވަރަށް މިނިވަންކަމާއެކު ރާއްޖޭގައި އުޅޭކަން މީނާވެސް ދަންނަނީކަން ނޭނގެ.

    8
    1
    • ޥެބްކެމް

      ކޮއްކޯ ކޮއްކޮއަށް ތިބަލާ، ހޭވިފަ ހުރި ވަރު ތިޔަ ފެންނަނީ