މުސްލިމުންނާއި ބައްދަލު ކުރާ އެންެމެ މާތް އެންމެ ބަރަކާތްތެރި މަސްކަމުގައިވާ ރަމަޝާން މަހު ރޯދަ ހިފުމަކީ އޭގެ ސަބަބުން އެތައް ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ.

ރޯދައަށް ހުރުމުގެ ސަބަބުން ލިބޭ ސިއްހީ ފައިދާ ތަކަކީ:

ކަދުރު

ރޯދަ ވީއްލުމަށް ކަދުރު ކެއުމަކީ އެކަމުގައި ސިއްހީ ފައިދާ ތަކެއް ވެސް އެކުލެވޭ ކަމެކެވެ. ކަދުރު ކެއުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ފައިބަރ ލިބިދިއެވެ. އޭގެ ސަބަބުން މި ބަރަކާތްތެރި ރަމަޝާން މަހު ހަޖަމު ކުރުމުގައި ފަސޭހަވެގެންދެއެވެ. މީގެއިތުރުން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ކަމުގައިވާ ޕޮޓޭސިއަމް، މެގްނީސިއަމް އަދި ވިޓަމިން ބީ ވެސް ލިބެއެވެ.

ސިކުނޑި ތާޒާކޮށްދޭ

އެމެރިކާގެ ސައިންޓިސްޓަކު ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި އެހެން މަސްމަހާއި އަޅާބަލާއިރު ރޯދަ މަހު ސިކުނޑި މަސައްކަތް މުރާ މިންވަރު އިތުރުވެދެއެވެ. ބްރެއިން ޑެރިވްޑް ނިއުރޯޓްރޮފިކް ފެކްޓަރގެ ސަބަބުން ހަށިގަނޑުގައި ބްރެއިން ސެލް އުފައްދާދޭ މިންވަރު އިތުރުކޮށްދެއެވެ. މީގެ ސަބަބުން ސިކުނޑި މަސައްކަތް ކުރާ މިންވަރު އިތުރުވެ ސިކުނޑި ތާޒާ ކޮށްދެއެވެ.

ނުބައި އާދަތަކާއި ދުރުކޮށްދޭ

ރޯދައަށް ހުރުމުގެ ސަބަބުން ނުބައި އާދަތަކާއި ދުރުކޮށްދެއެވެ. އޭގެތެރޭގައި ސިގިރޭޓް ބުއިމާއި ފޮނި އެއްޗެހި ގިނައިން ކެއުން ފަދަ ކަންތައްތަކުން ދުރުކޮށްދެއެވެ. މިކަންތައްތައް މަދުވުމުގެ ސަބަބުން ހަށިގަނޑު ދުޅަހެޔޮ ކޮށްދެއެވެ. މިއީ ސިގިރޭޓް ބުއިން ފަދަ ގޯސް އާދަތަކުން ދުރުވުމަށް އެެންމެ ރަނގަޅު މަސްކަމަށް ޔޫކޭގެ ނެޝަނަލް ހެލްތު ސަރވިސްއިން އިރުޝާދު ދީފައިވެއެވެ.

ކޮލެސްޓްރޯލް ދަށްކޮށްދޭ

ޔޫއޭއީގެ ކާޑިއޮލޮޖިސްޓް ޓީމަކުން ބުނެފައިވަނީ ރަމަޟާން މަހު ރޯދަ ހިފުމުގެ ސަބަބުން ލިޕިޑް ޕްރޮފައިލް ރަނގަޅުކޮށްދެއެވެ. އޭގެ ސަބަބުން ލޭގައި ހުންނަ ކޮލެސްޓްރޯލް ދަށްކޮށްދެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި ހާޓް އެޓޭކާއި ސްޓްރޯކް ޖެހުން ފަދަ ކަންތައްތައް މަދުކޮށްދެއެވެ.