ދެކުނު އޭޝިއާ އަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ފިރިހެނަކު ފައިޒާ ވެކްސިން ޖަހައިގެން މަރުވި މައްސަލަ ފެންމަތިވެއްޖެއެވެ.

ލޫކް ގްރޭޓް ނަމަކަށް ކިޔާ މި މީހާ އާއިލާ އާއި ހަވާލާދީ "ޑެއިލީމެއިލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ އެެ ވެެކްސިން ޖަހާފައި ވަނީ މިދިޔަ ފެެބްރުއަރީ މަހުގެ ތެރޭގައެވެ. ވެކްސިން ޖެހިތާ ގާތްގަނޑަކަށް 12 ގަޑިއިރުވެސް ނުވަނީސް އޭނާ ވަނީ މަރުވެފައި ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. މިކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުުރަމުން އަންނަނީ އޭނާގެ މަންމަ ޓްރިޝާ ގްރޭޓް އެވެ.

ޓްރިޝާ ބުނެފައިވާ ގޮތުގައި ލޫކް އަކީ އުފެދުމުގައިވެެސް ނޭވާގެެ މައްސަލައެއް ހުންނަ މީހެއް ކަމުން ކޮވިޑް-19ގެ ބިރުވެރިކަން އޭނާ އަށް ވަރަށް ބޮޑަށް އޮތެެވެ. އަދި ގިނަ ބަޔަކު ފައިޒާ ވެކްސިނަކީ ރަނގަޅު ވެކްސިނެއް ކަމަށް ބުނަން ފެށި ހިސާބުން މި ވެކްސިން ޖަހައިގެން ލޫކް އަށް ކުރިން އުޅުު ދިރިއުޅުން އުޅެވޭނެ ކަމަށް އެއާއިލާއިން ތިބީ ވަރަށް ބޮޑަށް އުންމީދުކޮށްގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކިތަންމެ އުންމީދެއް ކޮށްގެން ތިއްބަސް ކޮވިޑް ޖަބް ވެކްސިން ޖަހައިގެން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލޫކް ދުނިޔެ ދޫކޮށްް ދިޔައީ. އަހަރުމެން މިތިބީ ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީވާނެ އިރެއްގެ އިންތިޒާރުގައި" ޓްރިޝާ ވަނީ ބުނެފައެވެ.

އެ ގައުމުގެ ދި މެޑިސިން އެެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއއުލޭޓަރީ އެޖެންސީ (އެމްއެޗްއާރްއޭ) އިން އަންނަނީ ލޫކްގެ މަރު ތަހުގީގުކުރަމުންނެވެ. ޓްރިޝާ ބުނި ގޮތުގައި ލޫކް މަރުވެފައި އޮތް އިރު އޭނާގެ އަނގައިން ހުދު ފޮނުތަކެއް އެރިއެވެ. ސިއްހީ އިދާރާއަކަށް އެހިސާބަށް ފޯރު ނުވެވެނީސް ދަރިފުޅު މަރުން ސަލާމަތް ކުރުމަށް ސީޕީއާރު ދިން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓްރިޝާ އާއި އޭނާގެ ފިރިމީހާ އަށް ލިބިފައިވަނީ ޖުމްލަ ދެ ދަރިންނެވެ. ލޫކްގެ އިތުރުން ދެން ހުންނަނީ 18 އަހަރުގެ އަންހެންކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު