ބޮލީވުޑްގެ ތަރި އިޝާން ޚައްޓަރް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މީރާ ނައިރްގެ އަ ސުއިޓަބަލް ބޯއިންނެވެ. އަދި އޭނާ މިހާރުވެސް ދަނީ އެތައް ބައެއްގެ ސަމާލުކަން ހޯދަމުންނެވެ. ދަ ޑަކް އިން އާއްމުންގެ ސަމާލުކަން ހޯދި އިޝާންގެ އިތުރު ޕްރޮޖެކްޓްތަކެއް ކުރިއަށް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ފޯން ބޫތް ހިމެނެއެވެ.

އިޝާންގެ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ހުރިއިރު، އޭނާއަކީ ވަރަށް ބޮޑަށް ފިޓްނެސްއަށް ލޯބި ކުރާ ތަރިއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އަދި އެކަމަށް އޭނާއަށް އެންމެ ބޮޑު އެއްބާރުލުމެއް ދޭ މީހަކީ އޭނާގެ މަންމަ ނީލިމާ އާޒިމްކަމަށްވާއިރު، މަންމަގެ ޑައިޓާއި ގުޅޭގޮތުން އޭނާ ވަރަށް ވާހަކަ ދައްކަ އެވެ.

މިހާރު އިންސްޓަގްރާމްގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ އިޝާން އާ އޭނާގެ މަންމަ ޗޮކްލެޓަކާއި ގުޅިގެން ތަޅާފޮޅާ އަދި ހަޅޭލަވާ މަންޒަރެވެ.

 

View this post on Instagram

 

A post shared by Ishaan (@ishaankhatter)

"ކީއްވެ އަހަރެންގެ ޗޮކެލެޓް ބޭރަށް ނެރުނީ، ތިއީ ކާކު އެކަން ކުރަން". ނީލިމާ ބުނެފައެވެ.

"އަހަރެންނަކީ ކޮން ކަމެއް ކުރަން ކާކު". އިޝާން ބުނެއެވެ،

"އަހަރެން ބޭނުން އަހަރެންގެ ޗޮކްލެޓް.. އަހަރެންނަށް މިހެން ނުހަދާ. އަހަރެން މުޅި ދުވަހު މި އުޅެނީ ކޮޓަރީގައި".

އިޝާން ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކާފައެވެ.

އަދި ނީލިމާ ވަނީ އޭނާގެ ޗޮކްލެޓް އޭނާއަށް ނުލިބިއްޖެ ނަމަ އެކަން ޝާހިދު ކަޕޫރް ނޫނީ ސާޝާއަށް އަންގާނެ ކަމަށް ބުނެފައެވެ.

އެ މީހުންގެ އެ ތަޅާފޮޅުންގަނޑު މީސް މީޑިއާއަށް ލުމުން އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު