ސައުދީގެ އިންޓާނަލް އެފެއާޒް މިނިސްޓްރީ އިން ހިއްސާ ކޮށްފައިވާ ފޮޓޯއިން ފެނިގެން ދަނީ އަލް މަސްޖިދް އަލް ހަރަމްގައި އަންހެން ސެކިއުރިޓީ އޮފިސަރަކު ޑިއުޓީގައި ހުރި މަންޒަރެެވެ. މިއީ މި މިސްކިތުގައި އަންހެން ސެކިއުރިޓީ އޮފިސަރަކު ޑިއުޓީ ކުރި ފުރަތަމަ ފަހަރެެވެ.

ފޮޓޯއިން ފެނިގެންދާ ސެކިއުރިޓީ ޔުނީފޯމުގައި ހުރި ގާޑުގެ ޒިންމާ އަކީ ހައްޖާއި އުމްރާގެ އިތުރުން އަޅުކަން އަދާ ކުރުމަށް އަންނަ މީހުންގެ ރައްކާތެރިކަން ބެލުމާއި، އަޅުކަމަށް އަންނަ އިރު ގަވާއިދުގައި ވާ ގޮތުން ހުންނަން ޖެހޭ މިންގަނޑުތައް ފުރިހަމަ ވެފަތޯ ބެލުމެވެ.

ސައުދީ އަރަބިއްޔާގައި މީގެ ކުރިން އަންހެނުންނަށް ލިބިގެންވާ ބާރުވެރިކަން ލިބުމުން މަހުރޫމްވެ، އަންހެނަކަށް ވީތީ އެމީހުންނަށް ނުކުރެވޭ އެތައް ކަމެއް ވިއެވެ. ނަމަވެސް، މިފަހަކަށް އައިސް ސައުދީގެ އުސޫލުތަކަށް ބަދަލު ގެންނަމުން އެ ގެންގުޅުނު ވައްޓަފާޅި ބަދަލުކޮށް އަންހެނުންނަށް ވެސް މިނިވަންކަން ދޭން ފެށިއެވެ.

އެގޮތުން، ސައުދީގައި އަންހެނުންނަށް މިލިޓަރީ އާއި މިސައިލް ފޯސް ފަދަ އަސްކަރީ ތަންތަނުގައި މަސައްކަތް ކުރުން މަނާކޮށްފައި ވަނިކޮށް މި އަހަރު ވަނީ އެ ނިންމުމަށް ބަދަލު ގެނެސްފައެވެ. މިހާރު ސައުދީ އަންހެނުންނަށް މިލިޓަރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބި، ސާޖެންޓް ރޭންކާއި ހިސާބަށް ކުރިޔަތް ދިޔުމުގެ ފުރުސަތު ލިބިގެން ދެއެވެ.

އޭގެ އިތުރުން ފިހާރަ ތަކާއި ކެފޭތައް ފަދަ ސާވިސް އިންޑަސްޓްރީ ތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އަންހެނުންނަށް ވަނީ ހުޅުވާލައިފައެވެ. މިހާރު ސައުދީގެ ކަނބަލުންނަށް އެއްގަމު އުޅަނދުތައް ދުއްވާ، މަސައްކަތް ކޮށް އުޅެވެއެވެ. މިއީ ކްރައުން ޕްރިންސް މުހަންމަދް ބިން ސަލްމާން ބިން އަޒީޒް ގެންގުޅުއްވާ އަންހެނުން ބާރުވެރިކުުރުމާއި، އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން ލިބިފައިވާ މިނިވަން ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖުއްބާ

    ތީ ވަރައް ނުބައިކަމަކައް ހުޅުވި ދޮރެއް. ސައުދީގަ ތިކަހަލަ ކިތަންމެ މުންކަރާއެއް ހިނގަމުން އެބަދޭ.

    9
    2
  2. محمد

    މިއީ އެއްވެސް ހާލަތެއްގައި މޮޅު ކަމެއް ނުން. މިއީ މުސްލިމުންނަށް ދިން ނިކަމެތިކަމެއް. ބޮޑު ފިތުނަވެރިކަމެއް.

  3. ޔޫސޭ

    މީ ވަރަށް ބޮޑު އޮޅުވާލުމެއް! ކުރިންވެސް އަދި މިހާރުވެސް އަންހެންސެކިޔުރިޓީން ތިބޭ. އަދި އެކަނބަލުން ތިބެނީ އަންހެނުންލާއުޅޭ ކަޅު ހެދުމުގަ މޫނުބުރުގާ އަޅާފަ. މިކަން ދަންނާނެ ހައްޖު ޢުމްރާއަށް ދާ އެންމެންވެސް.

    މިހާރު ތިއޮތީ ގަޔަށް ބާރު ހެދުން ލައްވާފަ ކުދިން ނެރެފަ. لاحول ولاقوة الا بالله

  4. އީސަދަރި

    މިޒަމާނުގައި، ޙިޖާޒު ކަރަަައިން ފާޅުވި އެންމެ ބޮޑު ފާސިދަކީ މުޙައްމަދު ބިން ސަލްމާން!