އިންޑިޔާގެ ކަރުނާޓާގެ މައިސޫރަށް ނިސްބަތްވާ ޝަންކަރު މާޖީއަކީ 20 އަހަރުވަންދެން އޮކްސިޖަން ޓޭންކް ފޯރުކޮށްދިނުމުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ.

މާޖީ ބުނެފައިވާ ގޮތުގައި އޮކްސިޖަން ޓޭންކަރަށް މިހާރު ބޭނުން ޖެހިފައިވާ މިންވަރަށް ނުވަތަ މިހާރު އޮކްސިޖަން ޓޭންކަރު ސަޕްލައި ކުރުމަށް އަންނަ އޯޑަރު މީގެ ކުރިން ދުވަހަކު ވެސް ކޮށްފައިނުވާ ކަމަށެވެ.

އުމުރުން 5 އަހަރުގެ ތުއްތު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ ބައްޕައެއް ކަމަށްވާ މާޖީއަށް އޭނާގެ ދަރިފުޅު ނުފެންނަތާ އަހަރެއް ވެގެން ދިޔަ ނަމަވެސް އޭނާ މިއަދު އިސްކަންދީފައިވަނީ އޭނާގެ އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށެވެ.

މިދިޔަ އަހަރުގެ މާރޗު މަހު އިންޑިޔާ ފުރަތަމަ ފަހަރަށް ފުރަބަންދު ކުރުމަށް މާޖީ ގެއަށް ގޮސްފައިނުވާ ކަމަށާއި ''ބުރޭކް'' އެއް ނުނަގާ ކަމަށާއި އޭނާގެ ދުވަސްތައް ވޭތުވަމުންދަނީ އޮކްސިޖަން ޓޭންކްތައް ފޯރުކޮށްދިނުމުގައި ކަމަށް ބުނެފައިވެއެވެ.

ކޮންމެ ހަފުތާއަކު 450 ކިލޯމީޓަރުގެ ތިން ދަތުރު ދެކޮޅަށް އޭނާ އަޅައެވެ. އަދި މިއިން ކޮންމެ ދަތުރަކަށް 16 ގަޑިއިރު ހޭދަވާ ކަމަށް ޑުރައިވަރ މާޖީ ބުނެފައިވެއެވެ.

މި ދަތުރުތަކުގައި ދިމާވާ އެމެޖެންސީއެއް ނުވަތަ ޓެކްނިކަލް މައްސަލައެއްގައި ސައެއް ބޮއެލުމަށް ވެސް ''ބުރޭކް'' އެއް ނުނަގާ ކަަމަށް އޭނާ ބުނެފައި ވެއެވެ. އަދި ވަގުތަށް އޮކްސިޖަން ޓޭންކަރުތައް ނުގެންދެވިއްޖެ ނަމަ އެތައް ބައެއްގެ ފުރާނައަށް އަސަރު ކޮށްފާނެ ކަމަށް ވެސް މާޖީ ފާހަގަކޮށްފައިވެއެވެ.

މިފަދަ ވަގުތެއްގައި ދަރިންގެ ފޯނުކޯލެއް އައުމުން އެނބުރި ގެއަށް ދިޔުމަށް ހިތް އެދުނު ނަމަވެސް ފާއިތުވި އަހަރު ދުވަހު އޭނާ އިސްކޮށްފައިވަނީ ޑުރައިވަރެއްގެ ހައިސިއްޔަތުން އޭނާ އަދާކުރަން ޖެހޭ ޒިންމާކަމަށް ވެސް މާޖީ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު