"ކަބި ހުޝި ކަބި ގަމް" އަކީ ދެހާހުގެ ކުރީގެ އަހަރުތަކުގައި ބޮލީވުޑްއިން ނެރުނު ފިލްމުތަކުގެ ތެރެއިން މިއަދާ ހަމައަށްވެސް ފޫހިކަމެއް ނެތި ބެލުންތެރިން ބަލާ ފިލްމުތަކުގެ ތެރެއިން ހިމެނޭ އެއް ފިލްމެވެ. ކަރަން ޖޯހަރުގެ އުފެއްދުމެއް ކަމުގައިވާ މި ފިލްމުގައި މަޝްހޫރު އެތައް ފަންނާނުންނެއް ހިމެނޭއިރު އެ ފިލްމުގައި ޝާހްރުކް ހާންގެ ދަރިފުޅުގެ ރޯލުން ފެނިގެންދާ ކުއްޖާ މިހާރު ކޮބައިތޯ ގިނަ ބަޔަކު ސުވާލު ކުރާނެއެވެ.

މީގެ ވިހި އަހަރު ކުރިން ނުކުތް އެ ފިލްމުގައި ޝާހްރުކް އާއި ކާޖަލްގެ ދަރިއެއްގެ ރޯލުން ފެނިގެންދަނީ ޖިބްރާމް ހާންއެވެ. އިންސްޓަގްރާމުން މިހާރު މީހުންގެ ސަމާލުކަން ހޯދަމުންދާ ޖިބްރާން ހާންއަކީ ބޮލީވުޑްގެ ފިލްމީތަރި ފައިރޯޒް ހާންގެ ކުއްޖެކެވެ. ފައިރޯޒް ހާން މަޝްހޫރުވެފައިވަނީ "މުހައްބަތް" ގައި އަރްޖޫންގެ ރޯލުންނެވެ.

ބޮލީވުޑްގެ އާއިލާ އަކުން އައިސްފައިވާ ޖިބްރާން ހާން ފިލްމީ ދާއިރާއަށް ނިކުންނަން މިހާރު ތައްޔާރުވަމުން އަންނަކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިޔާތަކުން ބުނެއެވެ. އެގޮތުން އޭނާ ދަނީ ކެމެރާގެ ފުރަގަހުގައި ހުރެގެން އަޔާން މުކެރްޖީގެ ކުރިއަށް އޮތް ފިލްމު "ބްރަމަސްތްރާ" ގައި އެހީތެރިވެދީފަ އެވެ. ސައިންސް ފިކްޝަން މި ފިލްމުގެ ލީޑުރޯލުން ފެނިގެންދަނީ ރަންބިރް ކަޕޫރް އާއި އާލިޔާއެވެ.

ޖިބްރާން ކުރިއަށް އޮތް ތަނުގައި ފިލްމީ ދާއިރާއިން ފެނިގެން ގޮސްދާނޭ ކަމަށް ބެލެވޭއިރު ބެލުންތެރިން މިހާރު އިންތިޒާރު ކުރަމުންދާނީ އޭނާ ފެނިގެންދާނޭ ފިލްމަކަށް ކަން ޔަގީނެވެ.

ކަބި ހުޝި ކަބި ގަމްގައި ޝާހްރުކް ހާން އާއި ކާޖަލް، ކަރީނާ ކަޕޫރް، ރިތިކް ރޯޝަން، ރާނީ އާއި އަމީތާބް އަދި ޖަޔާ ބައްޗަން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައޮފްބެ

    ލޯބި