ބޮލީވުޑްގައި އަރަމުން އައި ބައެއް ތަރިންގެ ކުއްލި މަރުތައް ގޮސްފައި ވަނީ އެތައް ބައެއްގެ ހިތުން ފިލާ ނުދާނެ ކަންތައްތަކަށެވެ. އަދިވެސް އެ ތަރިންގެ ވާހަކަ ދައްކާ މީހުން މަދެއްް ނޫނެވެ. އޭގެ ތެރެއިން ބައެއް ތަރިންނަަށް ބަލާލަމާ ހިނގާށެވެ.

ޖިއާ ޚާން

މިއީ މަޝްހޫރު ތިން ތަރިންނާއެކު ފިލްމް ކުޅުނު ތަރިއެކެވެ. އަމީތާބް ބަޗަން އާއި އެކީ ނިޝަބްދުގައި އާއި އާމިރް ޚާންއާއި އެކީ ގަޖްނީ އިންވެސް އޭނާ ފެނިގެން ދިޔައެވެ. އަދި އަކްޝޭ ކުމާރް އާއި އެކީ ހައުސްފުލް 2 ގައިވެސް އޭނާ މަސައްކަތް ކުރިއެވެ. ޖިއާ އަމިއްލައަށް މަރުވެފައި ވަނީ އުމުރުން 25 އަހަރުގައެވެ. އޭނާގެ ކުއްލި މަރުވެގެން ގޮސްފައި ވަނީ އެތައް ބަޔަކަށް ބޮޑު ހައިރާންކަމަކަށެވެ.

އިޝްމީޓް ސިންގ

އިޝްމީތްއަކީ އުމުރުން 19 އަހަރުގައި 2008 ވަނަ އަހަރު ބޭއްވި ވޮއިސް އޮފް އިންޑިއާ ކާމިޔާބު ކުރި ލަވަކިޔުންތެރިޔާއެވެ. އޭނާއަށް ލަވަ ކިޔުމުގެ ދާއިރާއިން ވަރަށް ބޮޑަށް ފުރުސަތު ހުޅުވުނެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރު ރާއްޖެ އައިސްގެން އުޅެނިކޮށް ސްވިމިންގ ޕޫލެއްގެ ތެރެއަށް ގެނބިގެން އިޝްމީތް ވަނީ މަރުވެފައެވެ.

ޑިވްޔާ ބާރްތީ

ބޮލީވުޑްގައި އާއި ޓޮލީވުޑްގައި އަރަމުން އައި ޑިވްޔާއަކީ ސާޖިދް ނަދިވަލާގެ އަނބިމީހާއެވެ. އުމުރުން 16 އަހަރުގައި އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށް އޭނާ ވަދުނުއިރު، އޭނާ ވަނީ 20 އަށްވުރެ ގިނަ ފިލްމް ކުޅެފައެވެ. އޭނާ މަރުވެފައި ވަނީ ފަސް ވަނަ ބުރިން ވެއްޓިގެންނެވެ. އެއިރު އޭނާގެ އުމުރަކީ 19 އަހަރެވެ. އޭނާ މަރުވިރު، ދެ ފިލްމެއް އޮތީ ރިލީސް ކުރުމުގެ މަގުމަތީގައެވެ. އެއް ފިލްމަކީ އޭނާ މަސައްކަތް ކުރަމުން ދިޔަ ޝޫޓިންގ ނުނިމި އޮތް ފިލްމެކެވެ. އޭގެ އިތުރުންވެސް އޭނާ ވަނީ ބައެއް އެހެން ފިލްމްތައް ކުޅުމަށް ސޮއިވެސްކޮށްފައެވެ.

ސްމީޓާ ޕަޓެލް

މިއީ އެވޯޑްތައް ހާސިލް ކުރި ތަރިއެކެވެ. 1970 އާއި 1980ގެ އަހަރުތަކުގައި މަގުބޫލު މޫނެކެވެ. އޭނާ ވަނީ 10 ވަރަކަށް ފިލްމް ކުޅުނެވެ. އޭނާ މަރުވެފައި ވަނީ ޕްރެޓެއިކް ބައްބަރު ވިހެއުމުގެ ތެރޭގައެވެ.

ސަންޖީވް ކުމާރް

ހަމް ހިންދުސްތާނީން އިން ފިލްމީ ދާއިރާ ފެށި ސަންޖީވްއަކީ ބޮލީވުޑްގެ ނުފޫޒުގަދަ ތަރިއެކެވެ. އޭނާ މަރުވެފައި ވަނީ އުމުރުން 47 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެންނެވެ. އެއިރު އޭނާގެ އެތައް ފިލްމެއް ވަނީ ރިލީސް ނުކޮށެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކަށް ފެނިގެން ގޮސްފައި ވަނީ 1993 ވަނަ ނުކުތް ޕްރޮފެސަރ ކީ ޕޮޑެސަން

ކިޔުންތެރިންގެ ހިޔާލު