ބޮލީވުޑް ސިނަމާގައި މިހާރު އެންމެ ގިނަ ފޭނުން ތިބި ފިލްމީ ތަރިންގެ ލިސްޓުގައި ރިތިކް ރޯޝަން އާއި ރަންބީރު ކަޕޫރު ހިމެނޭނެއެވެ. މޮޅު އެތައް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ރިތިކް އާއި ރަންބީރު އެކީގައި ފެނިގެންދާ ފިލްމެއް އަދި ނެތް އިރު އެފަދަ ފިލްމަކަށް އިންތިޒާރުކުރާނެ ބަޔަކުވެސް އުޅޭނެކަން ޔަގީނެވެ.

ރިތިކްގެ ބައްޕަ އާއި ރަންބީރުގެ ބައްޕައަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އެގޮތުން 80 ގެ އަހަރުތަކުގައި ބޮލީވުޑްގެ މަޝްހޫރު ފިލްމުތައްވެސް ކުޅެފައިވާ ރަކޭޝް ރޯޝްން (ރިތިކްގެ ބައްޕަ)، ރިޝީ ކަޕޫރް (ރަންބީރުގެ ބައްޕަ) ގެ ފިލްމުތައް އަދިވެސް ފޭނުން ބަލާކަން ފާހަގަ ކުރެވެއެވެ.

ރަކޭޝް އާއި ރިޝީ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު ދެމީހުންގެ ކުދިންނަށްވެސް ފިލްމީދާއިރާގެ ތެރެއިން ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. ރިޝީ ނިޔާވިތާ އަހަރެއް ވެފައިވާއިރު އޭނާގެ ހަނދާންތައް އަދި ފޭނުންގެ ހިތުގައި އޮތްކަން ރިޝީގެ ފޭނުން ހާމަކުރެއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފިލްމު ޕްރޮޑިއުސާ ރަކޭޝް ބުނީ ރިތިކް އާއި ރަންބީރު އެކީގައި އެއް ފިލްމަކުން ދެކެން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ދެތަރީން އެކީގައި ފެނިގެންދާ ފިލްމެއް އަދި އުފައްދަން ނުފަށާ ކަމަށާއި މިހާރުވެސް ފަށާފައިވާ ފިލްމު، ކްރިޝް 4 އޮތީ ކޮވިޑާއި ގުޅިގެން މަޑުޖައްސާލާފައި ކަމަށެވެ.

ކްރިޝް އަކީ ބޮލީވުޑް ސައިންސް ފިކްޝަން ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފާހަގަ ކޮށްލެވޭ ފިލްމެވެ. މި ސީރީސްގެ ތިން ފިލްމު މިހާރު ނެރެފައިވާއިރު ކްރިޝް ހަތަރެއް ފަށާފައިވަނިކޮށް މިހާރު ވަނީ ކޮވިޑާއި ގުޅިގެން މަޑުޖައްސާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖީތޫ

    ރިތިކް އަށް 47 ރަންބީރު އަށް 38 ދެން މި ދެ މީހުން ކުޅެން މި ޖެހެނީ އެއް އުމުރު ފުރައިގެ ދެމީހުން ގެ ބައި އެކަމަކު ހަގީގަތުގަ ދެމީހުން ގެ އުމުރު ގަ އެބަ އުޅޭ ބޮޑު ތަފާތެއް! މީގަ ވާ ގޮތުގެ މިސާލަކީ ވިނޯދު ކަންނާ އާ ދަރޭ ގެ އުމުރުގެ ތަފާތު ގަ 11 އަހަރު ހުރޭ އެކަމަކު އޭ އެއް އުމުރު ފުރައިގެ ދެމީހުން ގޮތުގަ ފިލްމީ ދުނިޔޭގަ ނަންހިނގަނީ ވިނޯދު އާ އަނިލް ކަޕޫރު އާ އުމުރުގެ ތަފާތު އުޅެނީ 10 އަހަރު އެކަމަކު އެ ދެމީހުން ގެ ޖެނެރޭޝަން ގެޕެއް އިންނަ ގޮތަށް ފިލްމީ ދުނިޔޭ ގަ ހަބަރު ތައް ހުރީ!