މަރުވާ މީހުންގެ ހަށިގަނޑުތައް ނައްތާލުމަށް ނުވަތަ ވަޅުލުމަށް ވެސް ގެންދެވޭއިރު އެ ހަށިގަނޑަކަށް އަދަބު އިހުތިރާމު އަދާ ކުރުމަކީ ކޮންމެ ގައުމެއްގައި ވެސް ކޮންމެ ދީނެއްގައި ވެސް އޮންނަ ކަމެކެވެ.

ނަމަވެސް މިފަހަކަށް އައިސް އިންޑިޔާގައި ކޮރޯނާ ވައިރަސްގެ ސަބަބުން މަރުވާ މީހުންގެ ހަށިގަނޑުތައް ނައްތާލުމުގައި އެތައް ދަތިތަކަކާއި ވަނީ ކުރިމަތިވެފައެވެ. މަރުވާ މީހުންގެ ހަށިގަނޑުތައް ނައްތާލުމަށް އެތައް އިރަކު ކިއުގައި މަޑުކުރަން ޖެހެއެވެ.

މިގޮތުން އިންޑިޔާގެ އުއްތަ ޕްރަދޭޝްގައި އުމުރުން 65 އަހަރުގެ އަންހެނެއް ކަމުގައިވާ ބަލާމަތީ، ސިކުނޑީގެ ބައްޔެއްގައި މަރުވުމުން ހަށިގަނޑު ނައްތާލުމަށް ގެންދިޔުމަށް އެތައް އިރެއް ވަންދެން މަޑުކޮށް ވެސް މީހަކު ނުވެގެން މުނިސިޕަލްޓީއަށް އެންބިއުލެންސެއް ފޮނުވުމަށް އެދުމުން ފޮނުވާފައިވަނީ ކުނިއުކާ ވެހިކަލްއެކެވެ.

ހުޅަނގު ބެންގަލް ސަރަހައްދުގައި އެކަނި އުޅޭ ބަލާމަތީ ސިކުނޑީގެ މައްސަލައެއް ހުރެ ވަރަށް ބޮޑަށް ބަލިވެ އަޅާލާނެ މީހަކު ނެތުމުން އޭނާގެ ބޭބެ ޕްރަބާސް ސަރްކާރް ޝަމްލީއަށް އޭނާގެ ގާތަށް ގެނައީ މިދިޔަ މަހުއެވެ. ނަމަވެސް ބާލަމަތީގެ ފުރާނަ ސަލާމަތް ނުކުރެވުނެވެ. އެ ބަލީގައި އޭނާ މަރުވެގެން ދިޔައީއެވެ.

އެހެންކަމުން ހަށިގަނޑު ނައްތާލުމަށް ކުރެވުނު މި މަސައްކަތުން ޖެހުނީ އެ ހަށިގަނޑު ކުނިއުކާ ވެހިކަލެއްގައި ގެންދާށެވެ. އިތުރު ގޮތެއް ނެތުމުން އޭނާގެ ޕްރަބާސް ވެސްއަށް ވެސް މަޖުބޫރުވީ އެގޮތަށް ކަންތައް ކުރުމަށެވެ.

ބާލަމަތީ މަރުވެފައިވަނީ ކޮވިޑު ޖެހިގެން ނޫން ނަމަވެސް ކައިރި އަވަށްޓެރިން ބާަލަމަތީ ހަށިގަނޑުގައި އަތްލުމަށް ޖެހިލުންވި ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު