ނަތަން ރީކްސް ނަމަކަށް ކިޔާ މީހަކާއި އޭނާގެ އަންހެނުން ސުޒީ ކުއިންޓަލްގެ އާއިލާއަށް ޒިޔާރަތް ކުރުމަށް އޮސްޓްރޭލިޔާގެ ރަށަކަށް ދިޔަ ދިޔުމުގައި 1000 ޑޮލަރުގެ އަގުބޮޑު ކައިވެނީގެ އަނގޮޓި ގެއްލުނެވެ.

އާއިލާއަށް ކުރި މި ޒިޔާރަތުގައި ނަތަންއާއި އޭނާގެ އަންހެނުން މޫދަށް އެރި އުޅުމުގެ ތެރޭގައި ނަތަންގެ އިނގިލީގައި އަޅާފައިވާ ކައިވެނީގެ އަނގޮޓި މޫދަށް ވެއްޓުނެވެ. ހޯދާހޯދައި ވެސް އަނގޮޓި ނުފެނުނު ކަމަށާއި އަނގޮޓި ގެއްލިފައިވަނީ އެމީހުންގެ ކައިވެންޏަށް ދެ އަހަރުވުމުގެ އެއް ދުވަސް ކުރިން ކަމަށް ސުޒީ ބުނެފައިވެއެވެ.

''އަނގޮޓި ގެއްލުމުން އެ ހޯދަން ނަތަން ވަރަށް މަސައްކަތް ކުރި. އެންމެފަހުން އަނގޮޓި ނުފެނުމުން އަހަރެން ގާތު ބުނީ ވެސް. އަހަރެން އަބަދުވެސް ބުނަން މޫދަށް އެރުމުގެ ކުރިން އަނގޮޓި ނަގަން. އަނގޮޓި އެ ގެއްލުނީ ކައިވެންޏަށް ދެ އަހަރު ފުރުމުގެ އެއް ދުވަސް ކުރިން'' ސުޒީ ބުނެފައިވެއެވެ.

ނަމަވެސް އެ ސަރަހައްދަށް ސްނޯކްލިންއަށް ދިޔަ އަންހެނެއް ކަމުގައިވާ ސުސޭން ޕްރިއާއަށް އެ އަނގޮޓި ފެނުނެވެ. ސުސޭންއަށް އަނގޮޓި ފެނިފައިވަނީ މުލަޓް ފިޝްއަކުންނެވެ. މި އަނގޮޓި ވަނީ މި މަހުގެ ވަށައިގެން އެޅިފައެވެ.

ނަތަންގެ އަނގޮޓި ގެއްލުނު ހަބަރު ލިބުމުން ސުސޭން ވަނީ ފޭސްބުކް މެދުވެރިކޮށް އެ ދެމަފިރިން ހޯދައި އަނގޮޓި ފެނުނު ކަމަށް ބުނެފައެވެ. ސުޒީ ބުނެފައިވާ ގޮތުގައި އަނގޮޓިއަށްވުރެ މިހާރު އޭނާ ކަންބޮޑުވަނީ އެ މަހަށް ވާނެ ގޮތަކާއި މެދުގައެވެ. އަނގޮޓި އޮތް ނަމަވެސް މަހަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

ނަމަވެސް މި މަސް ބޮޑުވަމުން އަންނަ ވަރަކަށް އަނގޮޓީގެ ސަބަބުން އެއަށް އަނިޔާވާނެ ކަމަށް ވެސް ސުޒީ ބުނެފައިވެއެވެ. އެހެންކަމުން އެމީހުން މިހާރު މަސައްކަތް ކުރަމުން ދަނީ މަހަށް އަނިޔާއެއް ނުވާގޮތަށް އަނގޮޓި ނައްޓާލުމުގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ތަރާނާ

  އެމަސްވެސް ކައިވެނިކު ރީތޯއްޗެ ؟

  22
  1
  • ނަގިލި

   މަސް އަނގޮޓިއެޅުމާއި ކިނބޫ ތާކިހާއެޅުން މިއީ ފަހުޒަމާނުގެކަންކަން

   21
   4