ކޮވިޑް-19 އަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ވަބާއެކެވެ. މި ވަބާ އިން ސަމާލަތް ވުމަށް ވެކްސިންތައް އުފައްދާފައިވާ އިރު އަދިވެސް މި ވަބާއިން އަރައިނުގަނެވެއެވެ. ކޮވިޑުގެ އާ ވައްތަރުތައް އުފެދި އެތައް މިލިއަން ބަޔަކު ދަނީ ކޮވިޑާ ހަނގުރާމަ ކުރަމުންނެވެ.

ކޮވިޑުން އަރައިގަތުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމަށް ސިއްހީ ތަޖުރިބާކާރުން އަބަދުވެސް ނަސޭހަތްތެރިވަމުން ދެއެވެ. ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އެންމެ މުހިންމު އެއްޗަކީ ވިޓަމިންސް ސީ، ވިޓަމިންސް ޑީ އަދި ޒިންކެވެ.

ވިޓަމިންސް ސީ އަދި ވިޓަމިންސް ޑީ ހަށިގަނޑަށް އަބަދުވެސް ލިބޭނެ ގޮތް ހެދުމަކީ މުހިންމު ކަމެކެވެ. މި ވިޓަމިންސް ލިބޭ މޭވާ އާއި ތަރުކާރީތަކުގެ ތެރޭގައި ހުތް މޭވާ(ލުނބޯ، އޮރެންޖު) ހިމެނެއެވެ. ފަރުމަހުގެ ބާވަތްތަކާއި މަހުގެ އެކި ބާވަތްތައް އަދި ބިހުން ވެސް ވިޓަމިން ޑީ ލިބެއެވެ.

ޔޫއޭއީގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ފަރީދާ އަލް ހުސެއިނީ ވިދާޅުވީ ވިޓަމިންސްގެ ބާވަތްތައް ހަށިގަނޑުން މަދުކަމަށްވާ ނަމަ ދިފާއީ ނިޒާމު ބަލިކަށިވެ ބަލިތައް ޖެހުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ދިފާއީ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށް މިތަކެތި ކެއުމުގެ ބޭނުންކުރުމަށްވެސް އޭނާ ވަނީ އެދިފައެވެ.

ކޮވިޑުން އަރައިގަތުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކަސްރަތު ކުރުމާއި ރަނގަޅަށް ނިދުމާއި ދުންފަތުގެ އިސްތިއުމާލު ކުރުންފަދަ ކަންކަމުން ދުރުވުމަށް ޑރ. ފަރީދާ ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު