މިއީ 2009 ވަނަ އަހަރުގައި ގެއްލުނު ކުއްޖެއްގެ މަންމަ އޭނާގެ ދަރިފުޅު ގެއްލުނުގޮތުގެ ވާހަކަ މީޑިޔާތަކަށް މައުލޫމާތުދެއްމުން ބުނިގޮތެވެ. މިއީ މެލިސާ ބައުމް އޭނަގެ ދަރިފުޅު ގެއްލުނު ފަހުން މިފަދަ އާއްމުންގެ ކުރިމަތީގައި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.

މި ކުއްޖާގެ ހަށިގަނޑުން ބައެއް ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރުގައެވެ. މަސް ތެރޭގައި އިރުމަތީ ވޮޝިންގޓައިންއިންެނެވެ. މިދިޔަ މެއި މަސް ތެރޭގައި ފުލުހުން ކަށަވަރުކޮށްދިންގޮތުގައި، އެއީ 2009 ވަނަ އަަހަރު ގެއްލިގެން ހޯދަމުންދިޔަ އުމުރުން 10 އަހަރުގެ ލިންޑްސޭއެވެ.

"އަހަރެންގެ 10 އަހަރުގެ ދަރިފުޅު ވަގަށް ނެގީ ޖިންނިއެއް. އެ މީހުން އަހަރެން ދަރިފުޅު މަރާލީ. އެއަށްފަހު ވަލު ތެރެއަށް ނަގާ އެއްލާލީ ކުނިގަޑެއް ފަދައިން". މިދިޔަ ބުރާސްފަތި ދުވަހު އޭނާ މީޑިޔާތަކަށް މައުލޫމާތުދެމުން ބުންޏެވެ.

ބައުން ބުނިގޮތުގައި، އޭނާގެ ދަރިންނަށް އޭނާ ކިޔާދީފައި ވަނީ ޖިންނިންނަކީ އުޅޭ އެއްޗެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެއީ ވާ އެއްޗެއްކަން ގަބޫލުކުރާކަމަށް އޭނާ ބުންޏެވެ.

"ނަމަވެސް އެއީ އަސްލު ޖިންނިއެއް ނޫން. އެ ވެދާނެ އަވައްޓެރިއަކަށްވެސް. އެ ވެދާނެ މަގުމަތިން ފެންނަ މީހަކަށްވެސް، ނޫނީ ސްކޫލް ތެރެއިން ދިމާވެދާނެ މީހަކަށްވެސް" އޭނާ ބުންޏެވެ.

ފުލުހުންނަށް އަދިވެސް ލިންޑްސޭ މަރާލި މީހުން ހޯދިފައެއް ނުވެއެވެ. އަދިވެސް އެ މައްސަލަ ދަނީ އިތުރަށް ބަަލަމުން ކަމަށް ވެއެވެ.

ލޮންޑްސޭގެ ހަށިގަނޑުން ބައެއް ފެނުނު ހިސާބު އަދިވެސް އަންނަނީ ބަލަމުންނެވެ. އަދި އެ ހަށިގަނޑުން ސާމްޕަލްތައް ނަގަމުންދާކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒީ

    އެއީ ޒީގެ ދަރިފުޅު މަރާލީ ސްކޫލުއިން ހަންޑިތަކެއް!
    އަދި ހަންޑިތަކަށް އަދަބު ވެސްލިބޭނެ އެއީ ވަރާށް އަނިޔާވެރި ރަހުމު ނެތް ހަނޑިތަކެއް!
    ވާހަކަ ދައްކާން މީޑިޔާއަށް އެރިއިރުވެސް އެއިގެ ހަންޑިޔެއް އިން އެތަނުގަ ވަރަށް މަތިއޮނާންކޮއް އިންޓަވިއުވެސްދިން!