އެޕަލް ކުންފުނިން މި އަހަރު ނެރޭނެ ކަމަށް ބެލެވޭ އައިފޯން 13 ގެ ޑިޒައިން ލީކުވެއްޖެއެވެ.
އައިފޯން 13 ގެ ޑިޒައިން އަންނާނެ ކަމަށް ބެލެވޭ އެކި ޑިޒައިންތައް މީގެ ކުރިން އެކި ފަރާތްތަކުން މީސްމީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ދައްކާފައިވާއިރު އައިފޯން 13 ގެ އަސްލު ޑިޒައިން އަދި އެ ފޯނުން ފެނިގެންދާނެ އާ ފީޗާސްތައް ހާމަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައިއެވެ.
ލީކްސްއެޕަކްޕްރޯ އިން ހާމަކުރާގޮތުގައި މިއަހަރު ނެރޭ އައިފޯން މިދިޔަ އަހަރު ނެރުނު އައިފޯނާއި ކުޑަކޮށް ތަފާތުވާނެ އެވެ. އެއީ ފޯނުގެ ކެމެރާގެ ސައިޒާއި ކެމެރާ ސެންސާރ ގެ ސައިޒުވެސް ތަފާތުވާނެއެވެ.
އައިފޯން 13 އާއި ބެހޭގޮތުން ލީކުވި ބައެއް މައުލޫމާތު:
މިއަހަރު އެޕަލް އިން ނެރޭ އައިފޯން އަށް ކިޔާނީ އެޕަލް 12އެސް އެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި މި އަހަރުވެސް ކުރީ އަހަރޭ އެއްގޮތަށް އައިފޯން 13 ހަތަރު ފޯނެއް ނެރޭނެއެވެ.
އައިފޯން ގެ ނަމާއި އަގަށްވެސް ބަދަލުތަކެއް އައިސްދާނޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެއީ މީގެ ކުރިންވެސް އެޕަލް ކުންފުނިން ފޯންތަކުގެ ނަންތަކަށް ބަދަކު ގެނެސްފައިވާތީ ކަމަށް އެފަރާތްތަކުން ބުނެއެވެ.
އެޕަލްގެ އުފެއްދުންތައް ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޭނުންކުރާއިރު އެ ކުންފުނީގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑުވެސް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންކަން ފާހަގަ ކުރެވެއެވެ.
ކޮންމެ އަހަރަކުވެސް އެޕަލްގެ އާ އުފެއްދުންތައް ބާޒާރަށް ނެރޭއިރު އެ އުފެއްދުމެއް ފުރަތަމަ ފަހަރަށް އާންމުންނަށް ދެއްކުމުގެ ކުރިން ވަރަށް ގިނަ ފަހަރު އެކި ފަރާތްތަކުން އެ އުފެއްދުމެއްގެ ޑިޒައިންތައް ލީކުކުރެއެވެ. އަދި ވަރަށް ގިނަ ފަހަރު އެ ޑިޒައިންތައް ދިމާވެފައިވެސްވެއެވެ.
ތީ ކަޑަވާ ފޯނެއް. ނޮކިޔާ ބައްތިވެސް ތިއަށްވު ރެ ސަޅި
ޗާރޖަރު ނެތިޔާ ކަޑަ....
، ސެމްސަންގް ގެ އެންމެ ފަހުގެ ފޯނުގަވެސް ޗާޖަރެއް ނީދޭ