ހަ އަހަރަށް ފަހު މައިކްރޯސޮފްޓް ވިންޑޯސްގެ އާ ވާޝަނެއް ނެރެން ހަމަޖެހިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

މައިކްރޯސޮފްޓް އިން ބުނީ މައިކްރޯސޮފްޓް ވިންޑޯސްގެ އާ ވާޝަނެއް ނެރޭނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެ ކުންފުނީގެ ސީއީއޯ ސަތްޔާ ނަޑެއްލާ ބުނީ މިފަހަރު ނެރޭ ވާޝަންއަކީ ތަފާތު ފުރުސަތުތައް ހުޅުވިގެންދާނެ ވާޝަން އަކަށް ވެގެންދާނެ ކަމަށެވެ.

ނަޑެއްލާ ބުނީ މި މަހު ނެރޭ އޯއެސް ވާޝަންއަކީ މިހާރުގެ ވިންޑޯ ޑިވެލޮޕާސްއަށް ގިނަ ފުރުސަތުތައް ހުޅުވިގެންދާނެ ގިނަ ކަންކަން ފަސޭހައިން ކުރެވޭނެ ވާޝަން އަކަށް ވާނެ ކަމަށެވެ.

މިމަހު ނެރޭ ވާޝަންގައި އިތުރު ފައިލް ފޯމެޓްތައް ހުރެފައި ތާޑް ޕާޓީ ޕެއިމެންޓް ސިސްޓަމް ވެސް ހުންނާނެއެވެ. އޭގެ ސަބަބުން ޑިވެލޮޕާސް އަށް ސްޓޯރު އުފެއްދުމުގައި ބޮޑު ފަސޭހަތަކެއް ވާނެއެވެ.

މައިކްރޯސޮފްޓް އިން އެންމެ ފަހުން ވިންޑޯސް ލޯންޗެއް ކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ. އެގޮތުން އެ އަހަރު ނެރެފައި ވަނީ ވިންޑޯސް 10 އެވެ. އޭގެ އަޕްޑޭޓް އެއް އަހަރު ދުވަހަށް ހިލޭ ކުރެވޭ ގޮތް ހަދާފައިވާ އިރު ބައެއް ކަސްޓަމަރުންނަށް އެއަށްވުރެ ގިނަ ދުވަހަށް ވެސް އަޕްޑޭޓް ހިލޭ ކުރެވޭ ގޮތް ހަދާފައިވެއެވެ.

މިމަހު ނެރޭ މައިކްރޯސޮފްޓް ވިންޑޯސް ނެރޭނީ އެ ކުންފުނީގެ ސީއީއޯ އާއި ޗީފް ޕްރޮޑަކްޓް އޮފިސަރު ޕެނޮސް ޕެނޭއެވެ. ބެލެވޭގޮތުގައި މިމަހު ނެރޭ ވާޝަންގެ ނަން ތަފާތުވާނެއެވެ. މިމަހު ނެރޭ ވާޝަންގެ ކޯޑް ނަމަކީ 'ސަން ވެލީ'އެވެ.

ކިޔުންތެރިންގެ ހިޔާލު