ބަނޑުހައި ވެގެން ކުކުޅަކަށް އޯޑަރު ކުރުމުން އޭގެ ބަދަލުގައި އަންހެނަކަށް ތެލުލި ތުވާއްޔެއް ލިބިއްޖެއެވެ.

އަލީކް ޕެރޭޒް ނަމަކަށް ކިޔާ އެ އަންހެން މީހާ ބުނީ، ބަނޑުހައި ވެގެން އޭނާ އޯޑަރު ކުރީ "ޑީޕް ފްރައިޑް ޗިކެން" އެއް ކަމަށާއި އެހެން ނަމަވެސް އޭގެ ބަދަލުގައި ލިބުނު ކުޑަ ތުވާއްޔެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭތި އޯޑަރު ކޮށްފައިވަނީ އެގައުމުގައި ފާސްޓްފުޑް ޑެލިވަރީ ކުރަމުން އަންނަ މަޝްހޫރު 'ޖޮލީބީ' ނަމަކަށް ކިޔާ ތަނަކުންނެވެ.

އޭނާ ވަނީ އޭގެ ވީޑިއޯއާއި ފޮޓޯތަކަށް ފޭސްބުކުގައި ހިއްސާކޮށް، ކަން ހިނގި ގޮތަ ކިޔާދީފައެވެ. އަދި އެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކުކުޅު އޯޑަރު ކުރީ އަޅުގަނޑުގެ ދަރިފުޅަށް ދޭން. އޭތި ލިބިގެން ދަރިފުޅަށް ކާން ދޭން އެތިކޮޅެއް ނައްޓަން އުޅެއުޅެ ނުނެއްޓުނު. އޭތި ވަރަށް ހަރުކޮށް އޮތީ. ދެން ދެ އަތުން ހިފާ ނައްޓަން އުޅެނިކޮށް ކުއްލިއަކަށް މިއެނގުނީ އެއީ ތެލުލާފައި އޮތް ތުވާއްޔެއް ކަން" އޭނާ ފޭސްބުކުގައި ހިއްސާ ކޮށްފައިވެއެވެ.

އެއީ ވަރަށް ވެސް ހިތާމަ ކުރާ ކަމެއް ކަމަށާއި މީހުން ތުވާލި ތެލުލާތޯ އޭނާ ވަނީ ސުވާލު ކޮށްފައެވެ.

ފޭސްބުކުގައި މި ވީޑިއޯ ހިއްސާ ކުރުމާއި އެކީ 2.6 މިލިއަން މީހުން ވަނީ މި ވީޑީއޯ ބަލާފައެވެ. އެވީޑިއޯއިން ތުވާލީގައި 'ބްރެޑްކަރަމްބްސް' ލާފައި ހުންނަތަން ފެނިގެންދެއެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު އެތަނުން ދެން އެފަދަ ތަކެތި ގަންނަ މީހުން އެކަމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު