މިއީ ހަމަ ލިބުނު ބޮޑު ހައިރާން ކަމެކެވެ. ބިރުން ހިތްފަޅައިގެންދާ ވަރުގެ ކަމެކެވެ. ކޮންމެ ތަނެއްގައި އުޅޭ މީހެއް ކަމުގައިވިޔަސް، ޔަގީނުންވެސް މިވަރުގެ ނުރައްކާ ބޮޑު އެއްޗެއް ފެނުމުން ބިރު ގަންނާނެއެެވެ.
ކަންވީ ގޮތަކީ މިއީއެވެ. ފްލޮރިޑާގައި ހުންނަ ޕޯސްޓް އޮފީހަކަށް މެއިލް އެއް ފޮނުވަން ދިޔަ މީހަކަށް ފެނުނީ އެތަނުގެ ލޮބީގެ ތެރެއިން ބޮޑު ކިނބުލެކެވެ. އެ ކިނބޫ ފެނުމާއެކު އެ މީހާ ހުރީ ބިރުން ހަލާކުވެފައެވެ.
އެންމެ ފަހުން އެ ހަތް ފޫޓުގެ ދިގު ކިނބުލުން ކިބައިން ސަލާމަތްވުމަށް ގުޅާފައި ވަނީ ފުލުހުންގެ އޮފީހަށެވެ.
ހެމެންޑޯ ކައުންޓީ ޝެރިފް އޮފީހުން ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، މިކަން ހިނގާފައި ވަނީ ޖޫން ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި މީހަކު ޕޯސްޓް އޮފީހަށް ޕެކޭޖެއް މެއިލް ކުރަން އައީ ކަމަށާއި، އޭނާ އެ އޮފީހަށް ވަންއިރު ލޮލުގައި އަޅައިގަތީ ހަތް ފޫޓުގެ ދިގު ކިނބުލެއް، އެ އޮފީހުގެ ލޮބީ ތެރޭގައި ދުވާ މަންޒަރު ކަމަށެވެ.
އެންމެ ފަހުން ފުލުހުން ވަނީ އެތަނަށް ގޮސް އެ މީހުންގެ އެ ކިނބޫ އެތަނުން ނެރެފައެެވެ.
އެ ކިނބުލަށް އެތަނަށް ވަދެވުނީ، އެތަނުގައި ހަރުކޮށްފައި ހުރި އޮޓޯމެޓިކް ޑޯ ސިސްޓަމް މެދުވެރިކޮށެވެ.
އެ ޕޯސްޓް ފުލުހުން ލުމާއެކު މީސް މީޑިއާގައި ވައިރަލް ވެގެން ދިޔައެވެ. އެ ޕޯސްޓަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި 3000 އަށް ވުރެ ގިނަ ލައިކްސް ލިބުނެވެ. އަދި އެތައް ސަތޭކަ ކޮމެންޓާއި ޝެއާވެސް ލިބުނެވެ.
އެސޮރަށް ޕޯސްޓުން އައި ޕާރުސަލް ބަލާ ދިޔައީ
ހީވަނީ ތީ މުލިޔާގެ އިން ނުކުތް ކިނބުލެއް ކަމައް. ރައީސް އޮފީސް ކަމައް ހީކޮއް ހިނ ދު ކޮޅުގަ ހުރެގެން ޕޯސްޓް އޮފީހައް ވަ ދެވުނީހެން
މިތަނުގެ ރައީސް އޮފީހަށްވެސް ކިނބުލެއް ވަ ދެގެންް ނުނެރެވިގެން މިއުޅެނީ ..
🤣🤣🤣
ރާއްޖެއަށްވެސް އަރައިގެން މިއުޅެނީ ކިނބުލެއް
ފޭކް ފޮޓޯ އަކާ ވައްތަރު.. ބަލާ ބިންމަތީގައި ޖަހާފައި ހުރި ތަށިމުށިތަކަށް..އިއްތިފާޤަކުން ކިނބޫއޮތް ގޮތަށް އެއޮތީ ބެކް އެންޑް ފްރޮންޓް ގައި މުށި ޖަހާފައި..
އޮޓޮމެޓިކް ޑޯ ސިސްޓަމްވެސް ވަންނަނީ ކޯއްޗެއްތޯ ބަލާފައޭނު ދޮރުހުޅުވަން ވާނީ ލޮލް.