ކުޅަދާނަ ޑައިރެކްޓަރ އަޝުތޯސް ގޮވަރޮކާގެ ފިލްމު "ޕަނިޕަޓް"ގެ ޝޫޓިން މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ފަރާނެ ކަމަށް އޭނާ ބުނެފިއެވެ.

ސުނީތާ ގޮވާރިކާ ޕްެރޮޑިޔުސް ކުރާ އެ ފިލްމުގެ ޝޫޓިންގ ނޮވެންބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ޑައިރެކްޓަރ އަޝުތޯސް ބުނެފައިވަނީ ރޭގެ ވަގުތެއްގައި އޭނާ ކުރި ޓްވީޓެއްގައެވެ.

އެގޮތުން ޓްވީޓްގައި އޭނާ ބުނެފައިވަނީ "ޕަނިޕަޓް" އަކީ ބަލާ ހިތުން ބަލާލެވޭނެ ފަދަ ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށާއި ނޮވެމްބަރު މަހުގެ ތެރޭގައި އެ ފިލްމުގެ ޝޫޓިންގ ފަށާނެ ކަމަށެވެ.

އަންނަ އަހަރުގެ ޑިސެމްބަރި މަހުގެ ހަވަނަ ދުވަހު ރިލީސް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ މަޝްހޫރު އެތަކެއް ތަރިންނެއް ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން ސަންޖޭ ޑަޓް އަރުޖުން ކަޕޫރު އަދި ކާބިރު ބެޑި ފަދަ އެތަކެއް މަޝްހޫރު ފަންނާނުންނެއް އެ ފިލްމުން ފެނިގެންދާނެއެވެ،

"ޕަނިޕަޓް" އަކީ އިންޑިއާގެ ތާރީހު ދައްކުވައިދޭ ފިލްމެެކެވެ. އަދި އެ ފިލްމުން ވަރަށް ރަނގަޅު އިބްރަތްތަކެއް ލިބިގެންދާނެ ކަމަށްވެސް ފިލްމުގެ ޑައިރެކްޓަރ އަޝުތޯސް ގޮވަރޮކާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު