2015 ވަނަ އަހަރު ރިލީޒް ކުރެވުނު ކާމިޔާބު ފިލުމު ކަބީރު ޚާންގެ ''ބަޖުރަންގީ ބައިޖާން'' ގެ މުންނީގެ ރޯލުން ފެނިގެން ދިޔަ ހަރްޝާލީ މަލޯތުރާ އެނބުރި އިންޑަސްޓްރީއަށް އަންނަން ބޭނުންވެފައި ހުރި ނަމަވެސް މުންނީ ފަދަ ބޮޑު ރޯލެއްގެ އިންތިޒާރުގައި ހުރި ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 13 އަހަރުގައި ހަރްޝާލީގެ ފުރަތަމަ އިންޓަވިއު ދެމުން އޭނާ ބުނެފައިވަނީ އެކްޓިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކަމަށާއި ނަމަވެސް އެކަމަށްޓަކައި އޭނާގެ ކިޔެވުން ގުރުބާން ނުކުރާނެ ކަމަށެވެ. އެކްޓިން ކުލާހުގައި ބައިވެރިވާން ބޭނުންވި ނަމަވެސް ކޮވިޑުގެ ސަބަބުން އެކަން ފަސްކޮށްލާފައިވާ ކަމަށެވެ.

ބަޖުރަންގީ ބައިޖާންއަށް ފަހު ގިނަ ފިލުމުތަކަކުން ފުރުސަތު ލިބުނު ނަމަވެސް މުންނީ ފަދަ ބޮޑު ރޯލެއްގެ އިންތިޒާރުގައި ހުރި ކަމަށް ވެސް ހަރްޝާލީ ބުނެފައިވެއެވެ.

ސަލްމާން ޚާންގެ އިތުރުން ހަރްޝާލީއަށް އެންމެ ކަމުދާ އެކްޓަރުންނަކީ ރަންވީރު ސިންގްއާއި އަކްޝޭ ކުމާރެވެ. އަދި އެންމެ ކަމުދާ އެކްޓްރެސްއަކީ ކަރީނާ ކަޕޫރު ޚާނާއި ކެތުރީނާ ކެއިފް ކަމަށް ވެސް ހަރްޝާލީގެ އިންޓަވިއުގައި ބުނެފައިވެއެވެ.

ބަޖުރަންގީ ބައިޖާން، ޕަދުމާވަތު، އަދި ހައުސްފުލް އެންމެ ބަލާހިތްވާ ހަރްޝާލީއަށް އެންމެ ކިޔަވާ ހިތްވާ މާއްދާއަކީ އިނގިރޭސިއެވެ. އަދި އެންމެ ފޫހިވާ މާއްދާއެއްގެ ގޮތުގައި އޭނާ ފާހަގަ ކޮށްފައިވަނީ ހިސްޓްރީއެވެ.

މިހާރު ވެސް ސަލްމާން ޚާނާއި ގުޅުން އޮންނަ ހަރްޝާލީ ''ބަޖުރަންގީ ބައިޖާން'' ގެ ޝޫޓިންއިން އެންމެ ބިރުގަތީ އެކްޝަން ސީންތައް ކުޅުނު އިރުއެވެ. އެއީ އެ ތަޅާފޮޅުންތަކަކީ އަސްލުކަމަށް އޭނާއަށް ހީވާތީއެވެ. އަދި އެކަމަކީ އޭނާ ވަރަށް ހިތްހަމަނުޖެހޭ ކަމެކެވެ.

ހަރްޝާލީގެ މީސް މީޑިޔާ އެކައުންޓްތައް ބަލަހައްޓަނީ އޭނާގެ މަންމައެވެ.

 

ކިޔުންތެރިންގެ ހިޔާލު