ޕާކިސްތާނަށް ނިސްބަތްވާ ކުލްފީ ވިއްކާ މިހާރު މި ވަނީ ވަރަށް ބޮޑަށް މަޝްހޫރު ވެފައެވެ. އޭނާ މީސް މީޑިއާގައި މަޝްހޫރު ވެފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ވައްތަރުވަމުންނެވެ.

މިހާރު މީސް މީޑިއާގައި ވަނީ ޕާކިސްތާންގެ އެ މީހާ ވީޑިއޯއެއް އާއްމުވެފައެވެ. އެ ވީޑިއޯއިން އަޑު އިވެނީ އޭނާ ލަވަކިޔަމުންދާ އަޑެވެ. އޭނާގެ އަޑުގެ ޖާދޫގައިވެސް ބައެއް މީހުން ޖެހި އެ ވާހަކަވެސް ދައްކަމުން އެބަދެއެވެ. ނަމަވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ އޭނާ ޓްރަމްޕް އާ ވައްތަރުވުމުންނެވެ. އެހެންވެ ގިނަ މީހުން ވާހަކަދައްކަނީވެސް އެކަމާއި ގުޅުވާފައެވެ.

އެ ވީޑީއޯ ޓްވިޓާގައި އާއްމުކޮށްފައިވަނީ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ޝެހްޒާދް ރޯއީއެވެ. އޭނާއަށް ކުލްފީ ވިއްކާ އެ މީހާގެ އަޑު ރީތިވީއެވެ. އަދި އޭނައާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ޝެހްޒާދް ބުނެ އެހީތެރިކަމަށް އެދިފައި ވެއެވެ.

23 ސިކުންތުގެ އެ ވީޑިއޯއިން ފެނިގެން ދާ އުމުރުން ދުވަސްވީ އެ މީހާ އައިސްކްރީމް ކާޓްއެއް ކުރިމަތީގައި ހުންނަ މަންޒަރެވެ. އޭނާ ހުރީ ކުރްތާ ޕަޖާމާސްއެއް ލައިގެންނެވެ.

އެ ވީޑިއޯ މިހާރު މީސް މީޑިއާގެ އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. އަދި މިހާ ވަރަށް ބޮޑަށް ޓްރަމަޕް އާ ވައްތަރުކަމަށް އެއްބަޔަކު ވާހަކަދައްކާފައިވާއިރު، އެއީ ޓްރަމްޕް ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު