ޗޭނު އެޅުވުމުންވެސް އެ ގުޅުން ރަނގަޅު ނުވިއެވެ. ދެ ލޯބިވެރިންގެ ދެމެދުގައި އޮތް ލޯބި ޓެސްޓު ކުރަން ޗޭނު އަޅުވައިގެން އުޅުނު ދެ މީހުން މިހާރު މި ވަނީ ޗޭނު ބުރިކޮށްލާފައެވެ. 123 ދުވަސް ވަންދެން އެގޮތަށް އުޅުމަށްފަހު ޗޭނު ބުރިކުރުމާއެކު އެ ގުޅުންވެސް މިހާރު ވަނީ ކެނޑިފައެވެ.
ޔޫކްރޭނަށް ނިސްބަތްވާ އެލެކެޒެންޑްރާ ކުޑްލޭ އާއި ވިކްޓޯރިއާ ޕުސްޓޮވިޓޮވާ އާ ދެ މީހުން އެކުގައި ހޭދަވީ ހަތަރު މަސް ދުވަހެވެ. އެ މީހުން މިހާރު ވަނީ އެ މީހުންގެ ގުޅުން މަސައްކަތް ނުކުރާ ކަަމަށް ބުނެފައެެވެ.
މި ދެ ލޯބިވެރިންގެ އަތުގައި އަޅުވާފައިވާ ޗޭނު ކަނޑާލާފައި ވަނި އެމީހުންގެ އެ ޗޭނު އެޅުވި ތަނުގައި ތިބެގެންނެވެ. އެ ލޯބީގެ ގުޅުން މަސައްކަތް ނުކޮށްގެންވެސް އެއްކޮށް ގުޅުން ކަނޑާލަން ބޭނުންވީއެވެ. އެކަން ކުރީ މީޑިއާތައްވެސް ކުރިމަތީގައެވެ.
"އަހަރެން ބޭނުންވީ އަހަރެން އެކަނި އިންޑިޕެންޑެންޓް ދިރިއުޅުމެއްގައި އުޅެން، އަދި ބޭނުންވަނީ އެގޮތަށް އުޅެން" ވިކްޓޯރިއާ ބުނެފައި ވެއެވެ. އޭނާ ވަނީ އެ ޗޭނު ކަނޑާލުމުން ހޫރޭ ކިޔާފައި ހަޅޭވެސް ލަވާފައެވެ.
"އަހަރެން މިހާރު މި ހުރީ ސަލާމަތްވެފައި". އޭނާ ބުނެފައި ވެއެވެ.
މިދިޔަ ހަތަރު މަސް ތެރޭގައި އެ މީހުން ހުރިހާ ކަމެއް ކުރީ އެއްކޮށެވެ. ފާހަނަ ކުރުމާއި އެ ނޫންވެސް ހުރިހާ ކަމެއް ކުރީ އެއްކޮށެވެ. އެހެން ނަމަވެސް އެ މީހުންގެ މެދުގައި ލޯތްބެއް އުފެދިފައެއް ނުވެއެވެ.
އެ މީހުން ނިންމައިގެން ތިބީ ކައިވެނި ކުރަންދެން އެގޮތަށް ދިރިއުޅުމަށެވެ. އެހެން ނަމަވެސް އެކަންވެސް ވޯކް އައުޓް ނުކުރީތާއެވެ.
މި ދެ ލޯބިވެރިންގެ ގުޅުން ކެނޑުނުކަމުގައިވިޔަސް އެ މީހުންނަކީ ޗޭނު އަޅުވައިގެން މިގޮތަށް މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން އުޅުނު ދެލޯބިވެރިންނެވެ. އެ މީހުންގެ ނަން މިހާރު ރެކޯޑް ފޮތުގައިވެސް އެބަ އޮތެވެ.
ރަނގަޅަށް ހެދިކާ ހަދާދިންނަމަ ލޯބިވެވުނީސް. ހަދާ ނުދެވޭތީ ވީ ގޮތް
ލޯބި ވެރިންނޭ ނުކިޔާ.ލޯބިވެރިންނަމަ ޗޭނުއަޅުވާކަށް ނުޖެހޭނެ. ތިހުންނަނީ ދުނިޔޭގެ ސަމާލުކަން ހޯދަން ކުރާ ކަންތައް.
ލޯބި އުފައްދަން ނޭންގުނީ މަށާ ތިމަންޖެ ހަވާލުކޮށްބަލަ ލޯބި އޮހުރުވާލާނަން ޔަގީން