އަޔާލޭންޑްގައި ވިހެއި ފިރިހެންް ކުއްޖެއްގެ އިސްތަށިގަނޑު ފެނިފައި އެތައް ބައެއްގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ. ބަނޑަށް އަށް މަހުގައި ވިހެއި އެ ކުއްޖާގެ އެ ރީތި ބްރައުން ކުލައިގެ އިސްތަށިގަނޑު ފެނުމުން އެތައް ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. ދުވަސް ނުފުރާ ވިހެއި އެ ކުއްޖާއަށް އެފަދަ ރީތި ދިގު އިސްތަށިގަނޑު ފެނުމުން ހައިރާން ނުވާނީ ފަހެ ކާކު ހެއްޔެވެ؟

ޖޭސަން ޖޭމްސް ނަމަކަށް ކިޔާ އެ ކުއްޖާގެ އިސްތަށިގަނޑު މިހާރުވެސް ދަނީ ދިގުވަމުންނެވެ. އޭނާގެ ހަށިގަނޑުގައިވެސް އިސްތަށިތައް މިހާރު ދަނީ ގިނަވަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ވިހައި ތާ މާގިނަ އިރުތަކެއް ނުވަނީސް އޭނާގެ ގައިގައި ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެެއް ކަމަށްވާ ހައިޕާރެއިންސުލިނިޒަމް ހުންނަކަން ވަނީ އެނގިފައެވެ.

"މިއީ 30،000 ތުއްތު ކުދިންގެ ތެރެެއިން އެއް ކުއްޖަކަށް ވާ ކަމެއް، އެއީ ޕެންކްރީސް އިން މާގިނައިން އިންސުލިން އުފައްދަނީ، މީގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ހަކުރުގެ މިންވަރުގެ ވަރަށް ބޮޑަށް ދަށްވޭ، އެހެންވެ ހަކުރުގެ މިންވަރު ހިފެހެއްޓުމަށް ގަވާއިދުން ކާން ދިނުމާއި ޑިއަޒޮޒައިޑް ބޭސް ދޭން. އެ ބޭހުގެ ސަބަބުން އޭނާގެ އިސްތަށިގަނޑާއި، ގައިގެ އިސްތަށިތައް ދިގުވަމުން ވަނީ އެހާ އަވަހަށް، އޭނާގެ އަތުގައި އާއި ފައިގައިވެސް ހުރޭ އިސްތަށި". އެ ކުއްޖާގެ މަންމަ ޝެނޮން ބުނެފައި ވެއެވެ.

ޝެނޮން އޭނާގެ ދަރިފުޅުގެ ފޮޓޯ މީސް މީޑިއާއަށް ލުމާއެކު އެތައް ބަޔަކު އެ ފޮޓޯތަކަށް ކޮމެންޓްކޮށް ހެދިއެވެ. އަދި ބައެއް މީހުން ނުރަނގަޅު ކޮމެންޓް ތައް ކުރިކަން ޝެނޮން ފާހަގަކުރިއެވެ.

އެހެން ނަމަވެސް ގިނަބަޔަކު ކޮމެންޓްކޮށްފައި ވަނީ އެ އިސްތަށިގަނޑުގެ ރީތިކަން ބަޔާން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު