ދުނިޔެ ކުރިއަރަމުންދާ މިންވަރު ދައްކުވައިދޭ އެކައްޗަކީ ނަގައި ރައްކާކުރެވޭ ފޮޓޯތަކެވެ. އެގާރަ ވަނަ ގަރުނުގައި އެންމެ ފުރަތަމަ ކެމެރާއެއް އުފައްދައި ނެގި ފޮޓޯއިން ފެށިގެން މިއަދާއި ހަމައަށް އެތައް ބަދަލުތަކެއް އައިސްފައިވާކަން މި 9 ފޮޓޯ ބަލައިލުމުން އެނގޭނެއެވެ.

އެންމެ ފުރަތަމަ ކެމެރާއިން ނެގި ފޮޓޯ

ނިސެފޮ ނިޕްސެ 1826 ގައި ނެގި މި ފޮޓޯއަކީ އެންމެ ފުރަތަމަ ކެމެރާއަކުން ނެގި ފޮޓޯއެވެ.

ފުރަތަމަ ނެގުނު ކުލަ ފޮޓޯ

ޖޭމްސް ކުލާކް މެކްސްވެލް 1861 ވަނަ އަހަރު ނެގުނު މި ފޮޓޯއަކީ ރިބަންތަކެއްގެ ފޮޓޮއެކެވެ.

އެންމެ ފުރަތަމަ ނެގި ހަރަކާތުގެ ފޮޓޯ

އެޑްވާޑް މައިބްރިޖު 1872 ގައި ނެގުމަށް މަސައްކަތް ކުރި މި ފޮޓޯ ނެގުނީ އޭގެ ހަ އަހަރު ފަހުން 1878 ގައެވެ.

ފުރަތަމަ ނެގުނު ހަނދުގެ ތަފުސީލީ ފޮޓޯ

ޖޯން ވިލިއަމް 1840 ވަނަ އަހަރު ނެގުނު މި ފޮޓޯއަކީ ހަނދު ތަފުސީލީކޮށް ނެގުނު ފުރަތަމަ ފޮޓޯއެވެ.

ތޫފާނެއްގެ އެންމެ ދުވަސްވީ ފޮޓޯ

1884 އޯގަސްޓް 28 ގައި އެރި އެންމެ ބޮޑު ތޫފާން ކަމުގައިވާ ދަކާޑޯ ތޫފާނުގެ މި ފޮޓޯ ނަގާފައިވަނީ އެފް. އެން ރޮބިންސަންއެވެ.

ނޯތު ޕޯލްގެ ފުރަތަމަ ފޮޓޯ

މި ފޮޓޯ ނަގާފައިވަނީ 1909 ވަނަ އަހަރު ރޮބާޓް އީ ޕިއަރީއެެވެ.

އެންމެ ފުރަތަމަ ނެގި އިންސާނެއްގެ ފޮޓޯ

މި ފޮޓޯ ނަގާފައިވަނީ 1838 ވަނަ އަހަރު ޕެރިސްގައެވެ.

އެންމެ ފުރަތަމަ ނެގި ސެލްފީ

1839 ވަނަ އަހަރު މި ފޮޓޯ ނަގާފައިވަނީ ރޮބާޓް ކޮނެލިއަސްއެވެ.

ހަނދުން ނެގި ދުނިޔޭގެ ފުރަތަމަ ފޮޓޯ

މި ފޮޓޯ ނަގާފައިވަނީ 1966 ވަނަ އަހަރުގެ އޯގަސްނޓް މަހުގެ 23 ވަނަ ދުވަހުއެވެ.