ދުނޔޭގެ އެންމެ އަގުބޮޑު ދޫންޏަކީ ކޮބައިކަމާއި މެދު ގިނަ ބައެއްގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވެފައެވެ. ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އެންމެ އަގު ދޫންޏަކީ ޕާމް ނޫނީ ގޮލިއަތް ކޮކަޓޫއެވެ. މި ދޫންޏަކީ ގަދަ ނޫކުލައިގެ ދޫންޏެކެވެ.
މިކަމާއި މެދު ގިނަ ބައެއްގެ ތެރޭގައި ހިޔާލު ތަފާތު ކުރުންތަކެއް އުފެދިފައިވާއިރު، ރިޕޯޓްތަކުން ދައްކާ ގޮތުގައި އެންމެ އަގު ބޮޑު ދޫންޏެއް ގޮތަށް އެނގިފައިވަނީ "ރޭސިން ޕިޖަން" އެވެ.
ރޭސިން ޕިޖަން އަކީ ގިނަ ދުނިޔޭގެ އެންމެ އަގު ބޮޑު ދޫނި ކަމަށް ބުނެފައިވާއިރު، ގިނަ ބަޔަކަށް ވަނީ އެކަމުން ހައިރާން ކަމެއް ގެނުވާފައެވެ. އެއީ ގިނަ ގައުމުތަކުގައި އެކިތަންތަނުގައި އާއްމުން ވެސް ގެންގުޅޭ ދޫންޏަކަށް ވުމުންވެ.
"ރޭސިން ޕިޖަން" އެއްގެ އަގަށް ބަލާއިރު، މިވަގުތު އެ ދޫނި އަގު އުޅެނީ 90،900 އެމެރިކާ ޑޮލަރާއި 1.4 މިލިއަން އެމެރިކާ ޑޮލަރާއި ދެމެދުގައި ކަމަށް ރިޕޯޓްތަކުން ދައްކައެވެ.
ކޮތަރެއްގެ އަގު މިހާ ބޮޑުކޮށް އުޅޭއިރު، ގިނަ ބަޔަކު ވަނީ އެއީ ކީއްވެތޯ ވެސް ސުވާލު ކޮށްފައެވެ. އެސުވާލުގެ ޖަވާބުގައި ބުނެލެވޭނީ އެ ކޮތަރު އެހާ އަގުބޮޑު ވެފައިވަނީ އެއީ އިހުޒަމާނުގައި އަސްކަރިއްޔާގެ މީހުން އެކި ތަންތަނަށް މެސެޖު ފޯރުކޮށްދިނުމަށް ބޭނުން ކޮށްފައިވާތީއާއި އެތަކެތި ގަންނަ މީހުން އަގުބޮޑުކޮށް ގަންނާތީއެވެ.
މީގެ އިތުރުން ކޮތަރުގެ ތެރޭގައި އުޅޭ އެކި ކުލަ ކުލައިގެ ކޮތަރަށް ބަލާއިރު، އެތަކެތި ނުފެންނަ ފަރާތްތަކުން އެއަށް ހިތް ކިޔާ ކަހަލަ ކުލަތަކެއް އެކޮތަރުގައި ހުންނަކަން ފާހަގަވެއެވެ.
ކޮތަރު ފިޔަވައި ދެން އެންމެ އަގު ބޮޑު ދޫންޏެއް ގޮތުގައި ނިންމާފައިވަނީ ޕާމް ނޫނީ ގޮލިއަތް ކޮކަޓޫއެވެ. އެއީ 16،000 ޑޮލަރުއެވެ. އަދި ތިން ވަނައަށް ހިމެނެނީ ޓައުކަން އެވެ. އެއީ 5000 ޑޮލަރެވެ.
ޚިޔާލުތަފާތުކުރުން! ގިނަ ދުނިޔޭގެ!
މިއީ ކޮން ހާސަރެއް!