ޓިކްޓޮކަކީ މިހާރު މީސްމީޑިއާގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ހިނގާ އެއް ޕްލެޓްފޯމޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހަމަގައިމު ވެސް ޓިކްޓޮކްއަކީ އެ ޕްލެޓްފޯމެއްގައި އެންމެ ގިނަ ޓްރެންޑްތައް އުފެދި އެ ޓްރެންޑްތަަަކަށް އެހެން ޓިކްޓޮކް ތަރިން ވެސް އެކި ވީޑިއޯތައް ތައްޔާރުކުރާ އެއް ޕްލެޓްފޯމަށް ވާނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ފެންނަ އެއް ބާވަތަކީ މޭކަޕް އާއި ރީތިވުމާ ގުޅުން ހުރި ވާހަކަތަކެވެ.

މިގޮތަށް ދާދި ފަހުން ފްރެކްލް ނުވަތަ މޫނުގައި ކުދި ތިކިތަކެއް ހުންނަހެން ކުރަހަން އުޅުނު ޓިކްޓޮޮކް ތަރިއަކަށް މިިވަނީ ހިތުން ނުފިލާވަރުގެ ބޮނޑިއެއް ލިބިފައެވެެ. އޮސްޓްރޭލިއާ އަށް ނިސްބަތްވާ ޓިލީ ވައިޓްފީލްޑް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ދެލި އާއި ތިނޯސް ބޭނުންކޮށްގެން ފްރެކްލްސް ކުރަހާ ޓްރެންޑެއްގައި ބައިވެރިވެފައެވެ.

ދެހާސް އަށާރަ އިން ފެށިގެން ފޭކް ފްރެކްލްސް މޫނުގައި ކުރެހުމަކީ ފެޝަންއެކެވެ. އެގޮތުން ހީނާފަތާއި އަނދުންކަހަލަ އެއްޗެހިން ވެސް މިގޮތަށް ކުރަހައެވެ. ޓެލީ މި ޓްރެންޑްގައި ބައިވެރިވެ މޫނުގައި ތިނޯހާއި ދެލި ބޭނުންކޮށްގެން ކުރެހީ އެގޮތަށް ކަންތައް ކުރުމުން ހަ މަސްދުވަސް ވަންދެން މޫނުގައި ކުދި ތިކިތަކެއްހެން ފްރެކްލްސް ހުންނާނެ ކަމަށް އެ ޓްރެންޑުގައި ބުނާތީއެވެ.

އެކަމަކު އޭނާ ބޭނުންކުރި ދެލީގައި ލެޑް ހިމެނުމުން މުޅި މޫނުގައި ވަނީ ލަކުނުތަކެއް ލާފައެވެ. އަދި މޫނު ދުޅަވެ ވަގުތީގޮތުން ލޮލުގެ ފެނުންވެސް ގެއްލުނެވެ. އެތައް ޑޮކްޓަރުންނެއް ކައިރިއަށް ގޮސްގެންވެސް ޓެލީގެ މޫނު ރަނގަޅުވާ ގޮތް ނުވިކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް އޭނާގެ ލޮލުގެ ފެނުން ވަނީ މިހާރު އަނބުރާ ލިބިފައެވެެ. ޓެލީ ވަނީ އޭނާގެ ފޭނުންނަށް ޓިކްޓޮކް ޓްރެންޑްތައް ފޮލޯ ކުރާ އިރު ރައްކާތެރިކަން އިސްކުރުމަށް ނަސޭހަތްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަވޭ

    މީދެން އުޅޭނެ ނޫޅޭނެ ގޮތެއް ނޭނގިގެން އުޅޭ މީހުން...