ސަރުކާރުގެ ބައެއް ސްކޫލްތަކާއި ކޮލެޖްތަކާއި ގުޅޭގޮތުން އެކި ފަހަރު އެކި ޒާތްޒާތުގެ ބިރުވެރި ވާހަކަތައް ފެތުރެއެވެ. އެތަންތަނުގައި ރޫހާނީ ކަންކަން ވާ ކަމަށް ވާހަަކަދެކެވެއެވެ. އެކަމަކު ބައެއް ފަހަރު މިކަހަލަ ވާހަކަތައް ވެފައި ވަނީ ފްލޯކް ވާހަކަތަކަށެވެ. ހަދަދައިގެން މީހުން ބިރުގަންނަވަން ދައްކާ ވާހަކަތަކަށެވެ.

މިއީވެސް އެފަދަ ވާހަކައެކެވެ. އިންޑިއާގެ މެޑިކަލް ކޮލެޖެއްގައި ޖިންނި އުޅޭ ކަމަށް ބުނާ ވާހަކައެވެ. އެކަމުގެ ސަބަބުން އެ އެޑިއުކޭޝަން ފެސިލިޓީގައި އެޑްމިނިސްޓްރޭޓިވް ސިސްޓަމަށް އަސަރުކޮށްފައިވާ ކަަމަށް ދެކެވޭ ވާހަކަތަކެވެ.

އިންޑިއާގެ ގަޖްރާ ރާޖާ މެޑިކަލް ކޮލެޖުން ބުނަނީ އެ އިންސްޓިޓިއުޓުން އެތަނުން ކުރިން ކިޔަވަމުން ގޮސްފައިވާ ދަރިވަރުންގެ މުހިންމު ޑޮކިއުމެންޓްތައް ނުދެވިފައި ވަނީ އެ މީހުންގެ ރެކޯޑް ކޮޓަރީގައި ޖިންނި އުޅޭތީ ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެތަނުން ކިޔަވައި ނިންމި ދަރިވަރުންނަށް ޑޮކިއުމެންޓް ނުދޭން ވެގެން މީގެ ކުރިން އެތައް ބަހަނާއެއް ދައްކާފައި ވެއެވެ.

އަދި މިހާރު އެތަނުން އެމްބީބީއެސް ހެދި ދަރިވަރިން ވަނީ އެކަމާއި ގުޅިގެން މައްސަލަ ހުށަހަޅަން ނިންމާފައެވެ.

ހެލްތް ކެއާ އެކްޓިވިސްޓެއް ކަމަށްވާ ޕަންކަޖް ޖައިން ބުނީ، އޭނާ އެތަނުން ޑޮކިއުމެންޓެއް ހޯދުމަށް މަސައްކަތް ކުރަމުންދާތާ ތިން އަހަރުވެފައިވާ ކަމަށެވެ.

"ފުރަތަމަ އެ މީހުން ބުނަނީ އެ ޑޮކިއުމެންޓްތައް ސީބީއައިއިން ނަގާފައިވާ ކަމަށް، ފަހުން ބުނަނީ އެތަނުގައި އެ ޑޮކިއުމެންޓްތައް ބަލަހައްޓާ މީހާ ސީބީއައިއިން ހައްޔަރުކޮށްފައިވާ ކަމަށް، މިހާރު އެ މީހުން ބުނަނީ އެ މީހާ އެތަނުގައި އަމިއްލައަށް މަރުވެއްޖެ ކަމަށް އޭނާ މަރުވީ އެ ޑޮކިއުމެންޓްތައް ހުރި ކޮޓަރީގައި ކަމަށް. އަދި އެތަނުގައި އޭނާގެ ޖިންނި އުޅޭތީ އެތަން ހުޅުވަން ބިރުގަންނަ ކަމަށް".

އެ ކޮލެޖުން މިފަދަ ވާހަކަތަކެއް ދައްކާ، އެތަނުން ކިޔެވި އެތައް ދަރިވަރުންތަކެއްގެ ޑޮކިއުމެންޓްތައް ހިފަހައްޓާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ ޝަކުވާ ބޯޓު

    ޙަހަހއަހއް މޯދީ

  2. އައްޑޫ ޝަކުވާ ބޯޓު

    ރިއާން މިހާރު ވަރަށް ރަނގަޅު ކޮށްފި..ވ އުފާވޭ