ބޮލީވުޑުގެ އެކްޓަރ ސޯނޫ ސޫދު ކުދި ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބިހާއި ޕާން ވިއްކަން ފަށައިފިއެވެ.

ބައިސިކަލަކަށް އަރައިގެން ސޯނޫ ސޫދު ބިސް ވިއްކަން ދާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާގެ އަމިއްލަ އިންސްޓަގްރާމް ޕޭޖުގައި ހިއްސާ ކުރުމުން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިފައެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެފަދަ ގޮތަށް އަނެކާއަށް އެހީތެރިވުމަށް ސޯނޫ ސޫދު ފަހެއް ނުޖެހޭނެ ކަން އެފަރާތްތަކަށް އެނގޭ ކަމަށެވެ. އެއީ މީގެ ކުރިން ވެސް އެކި ކަހަލަ ދަނޑިވަޅުތަކުގައި އޭނާ އެހީތެރިކަން ފޯރުކޮށްދީފައިވާތީއެވެ.

"ސޯނޫ ސޫދު ކީ ސުޕަމާކެޓް" ނަމުން ގޮވަމުން އޭނާ ވަނީ ކުދި ކުދި ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް އިލްތިމާސް ކޮށްފައެވެ.

"ބޮޑެތި މޯލްތަކަށް އެއްޗެހި ގަންނަން ދެން ދާކަށް ނުޖެހޭނެ." މިގޮތަށް ބުނެ އޭނާ ވަނީ ގޭގެއަށް ޑެލިވަރީ ކޮށްދޭ ކަމަށް ބުނެފައެވެ.

އޭނާ ބުނީ، ގޭގެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން ގަންނަ ކޮންމެ 10 ބިހަކާއި އެކީ އެއް ޕާން ހިލޭ ލިބޭނެ ކަމަށެވެ.

ސޯނޫ ސޫދުއަކީ އިންޑިއާގެ ގިނަ ބަޔަކު ދަންނަ އޭނާއަށް އިހުތިރާމު ކުރާ މީހެކެވެ. ގިނަ ބައެއްގެ މެދުގައި އޭނާގެ އަގު އުފުލިފައިވަނީ ކޮވިޑް-19ގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އޭނާ ދީލަތި އެހީތަކެއް ވެފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފުލް ކުމާރު

    ސޯނަކީ ހަމަ ނަންބަރ 1.

    9
    1
  2. ޥަޒީފާ

    ޜާއްޖޭގައިވެސް އުޅުނު އެކަހަލަ ސުޢޫދެއް. ކޮވިޑާ ގުޅިގެން އެންމެން ވަޒީފާއިން ކަނޑާފޮނުވާލާ އާއިލާތައް ބިކާރިކޮށްލި. ޥިޔަފާރިވެރިޔާ ބުރުމާ ޤާސިމް

  3. ސދސ

    ތިކަލޭގެއަށް ރައްޔިތުން ޕެއިކުރަންޖެހޭ ދުވަސް ވަރަށް ކައިރި.
    ވެރިކަމަށް ކުރިމަތިލައި ވޯޓް