ކާޓޫން ކެރެކްޓަ ތާޒަން އެނގޭތަ؟ މި މީހާއަކީ އަސްލު ދިރިއުޅުމުގެ ތާޒަންއެވެ. ކުޑައިރުން ފެށިގެން ޖަންގަލީގައި 41 އަހަރު ވަންދެން ދިރިއުޅުނު މި މީހާ މިހާރުވަނީ އޭނާގެ އާއިލާއާއެކު އަމިއްލަ ގޭގައި ދިރިއުޅެން ފަށައިފައެވެ.

ވިއެޓްނާމް ހަނގުރާމައިގައި މަންމަ އާއި އަންހެން ދައްތަ މަރުވުމުން މީހުންނާ ދުރުގައި ދިރިއުޅެން ހޯ ވަން ލެންގް ނަމަކަށް ކިޔާ މި މީހާ ބޭނުންވިއެވެ.

އޭނާގެ ބައްޕަ އާއި ކޮއްކޮއާ ވެސް ދުރުގައި ލެންގް ދިރިއުޅެން ފެށީ ގުއަންގްގައި ޕްރޮވިންސްގެ ޓޭ ޓްރޭ އަވަށުގައި ހުންނަ ބޮޑު ޖަންގައްޔެއްގައެވެ.

ލެންގްގެ ބައްޕައާއި ކޮއްކޮއާއި އެކުގައި ދިރިއުޅެން ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ. އެމީހުންގެ ދިރިއުޅުން އަލުން ފަށާފައި ވަނީ ވެސް ޖަންގައްޔަކާއި ކައިރީގައެވެ.

ލެންގްގެ ކޮއްކޮ ބުނާގޮތުގައި ލެންއަކީ ފިރިހެނެއްގެ ހަށިގަނޑުގައި އުޅޭ ތުއްތު ކުއްޖެއް ކަމަށެވެ. އެއީ އެއްވެސް ކަމެއް ލެންގްއަށް ނޭނގޭތީއެވެ.

''ލެންގްއަކީ ތުއްތު ކުއްޖެއް. އޭނާއަށް އެއްވެސް އެއްޗެއް ނޭނގޭ. ގިނަ މީހުންނަށް ހެވާއި ނުބައި އެނގޭނެ. ނަމަވެސް އަހަރެންގެ ބޭބެއަކަށް ނޭނގެ'' ލެންގްގެ ކޮއްކޮ ބުނެފައިވެއެވެ.

މިހާރު އުމުރުން 46 އަހަރުގެ ލެންގްއަށް އެ އުމުރުގެ ފިރިހެނުން ތަޖުރިބާ ކޮށްފައިވާ އެއްވެސް ކަމެއް ތަޖުރިބާ ކޮށްފައިނުވާ ކަމަށް ވެސް ލެންގްގެ ކޮއްކޮ ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު