މިހާރު މީސް މީޑިއާގެ ސަމާލުކަމަށް އައިސްގެން އުޅޭ ވީޑިއޯއެއްގެ ވާހަކަދައްކާލަން ޖެހެއެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ރެސްޓޯރެންޓެއްގެ ތެރެެއަށް ހެލްމެޓް އަޅައިގެން ހުރި މީހަކު ވަދެ ބަޑިން ބިރުދައްކައިގެން މީހުން އަތުން ފޭރެން އުޅޭ ތަނެވެ. އެކަން ހިނގަމުންދިޔައިރު، މީހަކު ކުކުޅު ކާން ހަމަޖެހިލައިގެން އިންނަ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.

އެ ވީޑިއޯއިން ފެންނަ މީހާ އިނީ އެފްއައިއެލްއޭ ހޫޑީއެއްލައިގެންނެވެ. އޭނާ އިނީ އެ ރެސްޓޯރެންޓްގައި ކުކުޅު ކާން ވަރަށް ހަމަޖެހިލައިގެންނެވެ. އެހެން އޭނާ އިންދާ ސައިކަލަކުން ހެލްމެޓް އަޅައިގެން ހުރި މީހަކު އައިސް އެތަނަށް ވަދެއެވެ.

އަދި އެތަނުގައި ތިބި މީހުންނަށް ބިރުދައްކަން ފަށައެވެ. މިއާއެކު އެތަނުން ބައެއް މީހުން ބިރުން އެތަނުން ނުކުމެގެން ދާ މަންޒަރު ފެނިގެން ދެއެވެ. އަދި ކުކުޅު ކާން އިން މީހާގެ ކަރުގައި އޮތް ފަށް ޖަހައިގަނެއެވެ. އަދި އޭނާގެ މޫނަށް ބަޑިވެސް ދިއްކުރެއެވެ. މި ހުރިހާ ކަމެއް ހިނގިއިރުވެސް އޭނާ އިނީ ކުކުޅު ކާށެވެ. ވަރަށް ހަމަޖެހިލައިގެންނެވެ.

އަދި އެތަނުގައި ތިބި މީހުންގެ އެއްޗެހި ދޭން ބަޑި ހިފައިގެން ހުރި މީހާ އަންގަމުންދިޔައިރު، ބައެއް މީހުން އެއްޗެހިދީ ހަދާތަން އެ ވީޑިއޯއިން ފެނިގެން ދެއެވެ.

އަދި ފަހުން ކުކުޅު ކާން އިން މީހާ ހަމަޖެހިލައިގެން އިދެ ފޭރެމުންދާ މީހާގެ އަތަށް އޭނާގެ ފޯނުވެސް ދިގުކުރެއެވެ.

ފަހުން އޭނާ އެތަނުން ނުކުމެގެން ދިޔައީ އެހެން ބައެއް ކަސްޓަމަރުންގެ ބައެއް އެއްޗެހިވެސް ހިފައިގެންނެވެ.

މިއީ ކޮން ތަނެއްގައި ހިނގި ކަމެއް ކަން ސާފް ނުވާއިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިކަން ހިނގާފައި ވަނީ ޖޫން 17 ވަނަ ދުވަހު ކަމަށެވެ. އަދި މިކަން ހިނގީ ސްޕެއެއިން ސަރަހައްދުގެ ރެސްޓޯރެންޓެއްގައި ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު