ޓިކްޓޮކްގެ ލަވަތައް ކުޅެގެން އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މަރިޔަމް ޝިފާ ބުރުގާ އަޅައިފިއެވެ.

ޝިފާ ވަނީ އޭނާ ބުރުގާ އަޅައިގެން ނަގާފައިވާ ބައެއް ފޮޓޯ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓް ކޮށްފައެވެ. އެއާއިއެކު ގިނަ ބަޔަކަށް އެކަން ވަނީ ބޮޑު ހައިރާން ކަމަކަށް ވެފައެވެ. ނަމަވެސް މިއީ "އެކްޓެއް ނޫން ކަމާއި، މިއީ ހަގީގަތެއް ކަން." އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ.

ބުރުގާ އަޅައިގެން އިން ފޮޓޯއަކާއިއެކު ޝިފާ އާއްމުކުރި "ސްޓޯރީ" ގައި ލިޔެފައި ވަނީ މިއީ އާފެށުމެއް ކަމަށެވެ.

މިހާރު އުމުރުން 21 އަހަރުގެ ޝިފާ ވަނީ ބައެއް ފިލްމުތަކުން ވެސް ފެނިފައެވެ. އަދި އޭނާގެ ބައެއް ފިލްމުތައް މިހާރު ވެސް ރިލީޒް ކުރުމުގެ މަގުމަތީގައި އެބައޮތެވެ.

ފިލްމެއްގައި ޝިފާ ފުރަތަމަ ފެނުނީ 2018 ވަނަ އަހަރު ޔޫއްޕެ ނެރުނު "ދެވަންސޫރަ" އިންނެވެ.

ޓިކްޓޮކަކީ ޝިފާގެ ނެށުމާއި އެކްޓިންގްގެ ހުނަރު އެންމެ ގިނައިން ފެންނަ ޕްލެޓްފޯމެެވެ. ޓިކްޓޮކްގައި އޭނާގެ 90،000 އާ ކައިރި ކުރާ ކުރާ އަދަދެއްގެ ފޮލޯވާސް ތިބެއެވެ. އޭނާގެ ޓިކްޓޮކްތަކަށް 1.2 މިލިއަން ލައިކްސް ލިބިފައި ވެއެވެ.

ވަރަށް ހަގު އުމުރެއްގައި ޝިފާ ވަނީ ނެށުމުގެ ތެރެއަށް ވަދެފައެވެ. އޭނާ ވަނީ އަމިއްލަ ރަށް ނައިފަރުގައި ވެސް ނެށުމުގެ ހުނަރު ދައްކާލާ، ބައެއް ނަށާ ގްރޫޕްތަކުގައި މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނާނީ

    ޝިފާﷲތަޢާލާ ތިބާދެކެ ލޯބިވެވޮޑިގަންނަވާތީ ތިބާހިތަށް ބުރުގާ އެޅުމުގެ ހިޔާލުއައިސް ތިބުރުގާ އެޅުނީ
    އިސްޓާކީނަށްވެސް އަރާތި އޭރުން އައުރަ ނިވާވާނީ
    ޝިފާއަށް ތިފަދަ ނިއުމަތެއް ދެއްވިކަމަށް ޓަކާ އެކަލާންގެއަށް ޝުކުރުކޮށް ތިގޮތުގައި ދެމިހުރުމަށް މަސައްކަތް ކުރޭ

    108
    4
  2. ހެޔޮއެދޭ

    ޝިފާ އަށް ތެދުމަގުދެއްކެވުން ދުޢާއަކީ…ބުރުގާ އަޅައިގެން ރީތި ގޮތުގަ އުޅޭނެކަމަށް އުއްމީދުކުރަން…ބުރުގާއެޅީމަ ވ ރީތި…

    94
  3. ޒިލޭބި

    މަލާމާތް ކުރަނީ.. ރަގަޅުމަގު ދައްކަވާށި

    27
    2
  4. ދެޔޯ

    ވަގުތު އެންމެން ޝިފާޔާ އިންނަން ވީނު

    38
    31
  5. ޙަބީބު

    ދުވަސް ކޮޅަކުން ބުރުގާ ނަގާފައި އެއްލާ ނުލާތި!

    80
    1
  6. ޚިޔާލު

    ބުރުގާ އަޅާފަ ބާލާފަ ކުޅިވަރަކަށް ނުހަދާތި! ބުރުގާގެ ހުރުމަތް ހިފަހައްޓާތި. އެޅީމޭ ބުނާކަށް ނޫން ބުރުގާ އަޅާނި🥰 ބުރުގާ އަޅައިގެން މީހުން އުޅެންވާ ގޮތަށް އުޅެވޭތޯ ބަލާތި❤️ އިންސްޓާ އާއި ސޯޝަލް މީޑިއާގަ ހުރި ފޮޓޯތައް ރިމޫވް ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް😇 މާތް ﷲ ޝިފާއަށް ހެޔޮވިސްނުން ދެއްވާ ތެދުމަގުގައި ސާބިތު ކޮށްދެއްވާށި🤲🏾🥰

    88
    2
  7. ޅޮލް

    މީ ކުރިން ވެސް ބުރުގާ އެޅި އަދި ބުރުގާ ނެގި މަންޖެދޯ. ދެން ބުރުގާ ނުނަގައިފިއްޔާ ކިތަންމެހާ ރަނގަޅު.

    10
    1
  8. ރަނގަޅު

    މާޝާﷲ ވ ރީތި މިހާރު. ހެޔޮގޮތް ގަބޫލުކުރީތީ އުފާކުރަން.

    11
    2
  9. ވެލާ

    ޗަކޮއި ކުރިންވެސް ބުރުގާ އެޅި ފަހުން އެވީހިސާބެއްވެސް ނޭނގުުނު..

    14
    2
  10. Anonymous

    ޗީޑި ޖަހާ ސިފަމިހާރު

    5
    29
  11. Anonymous

    ޝިފާއާ އިންނަން ވަރަށް ބޭނުން، ޝިފާ އައް ރަނގަޅު މުސްތަގު ބަލެއް ހޯދައިދީ ދެދުނީޔޭގެ އުފާވެރިކަމާ ބާޖަވެރިކަން ހޯދައި ދިނުމައް ވަރަށް މަސައްކަތް ކޮއްދޭނަން.

    8
    2
  12. Anonymous

    ބުރުގާވެސް ކުޅޭ ކުޅިވަރަކަށް ހަދާފި.

    3
    1