އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި އުމުރުން 22 އަހަރުގެ ފިރިހެނެއް އޭނާގެ ބައްޕަ ގެއިން ނިކުމެގެން ގޮސް ވީ ތަނެއް ނޭނގިގެން ބައްޕަ ހޯދުމަށް ފުލުހަށް ރިޕޯޓް ކުރި ފަހުން ބައްޕަ ހުރި ތަން އެނގުނެވެ. އެކަމަކު، އޭގެ ފަހުން އޭނާ އަށް ދިމާވީ ސިހުން ގެނުވި ކަމެކެވެ.

މި ފިރިހެން މީހާގެ ބައްޕަ ގެއްލިގެން ހޯދުމަށް ފުލުހަށް މައްސަލަ ހުށަހަޅައި ހޯދުމުން އެނގުނީ ފިރިހެން މީހާގެ ކުރީގެ އަނބިމީހާއަކީ މިހާރު އޭނާގެ ދޮންމަންމަ ކަމެވެ.

ދެހާސް ސޯޅަ ވަނަ އަހަރު މި ފިރިހެން މީހާ މި އަންހެން މީހާއާ ކައިވެނި ކުރިތާ ހަމަސް ފަހުން ވަރިވެފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މި ކައިވެނި ރޫޅުމުން އަލުން ކައިވެނިކޮށް އެކުގައި އުޅުމަށް ފިރިހެން މީހާ ބޭނުންވެގެން ވަރަށް އާދޭސް ކުރި ނަމަވެސް ފިރިހެން މީހާއަކީ މަސްތުވާ ތަކެތި ބޭނުން ކުރާ މީހެއް ކަމަށް ބުނެ އަންހެން މީހާ ވަނީ އެ ކައިވެނި އަލުން ކުރުމާ ދެކޮޅު ހަދާފައެވެ.

ނަމަވެސް ފަހުން ފިރިހެން ކުއްޖާގެ ބައްޕަ އާ ކުރީގެ އަނބިމީހާ ކައިވެނި ކޮށްގެން އުޅޭކަން އެނގުމުން ފިރިހެން ކުއްޖާ ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ތިން މީހުން ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަންހެން ކުއްޖާ ބުނާގޮތުގައި އޭނާ މިހާރު ކައިވެނިކޮށްގެން އުޅޭ މީހާއާ އެކު އުޅެނީ ވަރަށް އުފަލުގައެވެ.

ފުލުހުން ބުނެފައިވަނީ ފުރަތަމަ ކައިވެނީގެ އެއްވެސް ލިޔެކިޔުމަށް ލިބިފައިނުވާ ކަމަށާއި އެހެންކަމުން މި މައްސަލަ ބެލެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު