ފިލްމީ ތަރި އައިމިނަތު ރިޝްފާ (ރިޝް) އަންހެނަކަށް "ގަނާ" ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މީސް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ރިޝްފާ، އަންހެނަކަށް "ގަނާ" ކުރަމުންދާތާ ދުވަސްކޮޅެއްް ވެފައިވާ ކަމަށް ބުނެ މި މައްސަލަ މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ވަރަށް ހޫނުވެފައެވެ. މިކަމާ ގުޅިގެން ކޮމެންޓް ސެކްޝަންތަކާއި ޓްވީޓްތަކުން ފެނިގެން ދަނީ ބަހުގެ ހަމަލާތަކެވެ.
މައުލޫމާތު ލިިބިފައިވާ ގޮތުގައި މައްސަލަ ބޮޑުވެގެން އުޅެނީ ޒާތީ ކަމެއްގައެވެ.
ފޭސްބުކް ޕޯސްޓެއްގައި ކޮމެންޓްކޮށް ބަހުގެ ހަމަލާތައް ދޫކުުރަމުން ރިޝްފާ އެ އަންހެން މީހާ އަށް އަމާޒުކޮށް ބުނެފައިވަނީ އެއީ އަލަށް ފިރިހެނެއް ފެނިގެން އުޅޭ މީހެއް ކަމަށެވެ.
"އަލަށް ފިރިހެނުން ފެނިގެން އުުޅޭ މީހެއް ވިއްޔަ ގޮވައިގެން އުޅެނީ. ބޭބީ ބޫ ޕޫ ވީމަ މި ފޮޓޯ ފެނި ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ބޮޑުވާނެ" ރިޝްފާގެ ކޮމެންޓެއްގައި ލިޔެފައިވެއެވެ.
މައްސަލަ ހޫނުވެގެން އަންހެން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ރިޝްފާ ގަނާ ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. ރިޝްފާ ގަނާ ކުރަމުންދަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ މިހާރު ރައްޓެހިވެގެން އުޅޭ މީހާ އަށް ކަމަށްވެއެވެ.
https://twitter.com/ihkkko/status/1412029337524609024?s=20
"ރިޝްފާ އަންހެން ކުއްޖަކަށް ބުލީ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ. ހަމަ އެކަނި ކުށަކީ ރިޝްފާގެ ކުރީގެ ލޯބިވެރިޔާއާއި އަންހެން ކުއްޖާ ގުޅުން އޮންނާތީ. ރިޝްފާ އަންނަނީ އަންހެން ކުއްޖާގެ ޓިކްޓޮކް ވީޑިއޯތައް ޑައުުންލޯޑްކޮށް، އެ އެއްޗެހި ފޭސްބުކްގައި ޕޯސްޓް ކުރަމުން. އަދި ކޮމެންޓް ސެކްޝަންގައި ފާޑުކިޔުންތައް ވަނީ އަމާޒުކޮށްފަ" އަންހެން މީހާ ކުރި ޓްވީޓްގައި ބުނެފައިވެއެވެ.
އަންހެން މީހާ ބުނެފައިވަނީ އޭނާގެ ހަށިގަނޑު ހުންނަ ގޮތުން ރިޝްފާ އެކަމަށް ހަޖޫޖަހާ ކަމަށެވެ.
"އަޅައި ނުލާ ހުރެވޭތޯ ބަލައިފިން. އޭނާ އަހަންނަށް ބުލީ ކުރާ ވަރުގެ އެއްވެސް ކަމެއް ނުކުރަން. ހަށިގަނޑު ހުންނަ ގޮތުން ބުލީކުރަމުންދާއިރު އަހަރެންގެ ކުށަކީ ކޮބާ؟" އޭނާ ބުނެފައިވެއެވެ.
ތީ ރިޝްފާގެ އާއްމުކަމެއް މީހުނަށް ބުލީކުރުން
ވިޔާނުދާ މީހެއް ދޯ؟
މިކަހަލަ މީހުން މިއީ ތަރިންނޭ ކިޔައި ނޫސްތަކުގައި ޖަހާވަރު ބައެއްނޫން.
ދިވެހި ފިލްމު އިންޑަސްޓްރީއޭ މިކިޔާ ތަނެއްގަ ތިނޫން ދެވަނަ ދޭއްޗެއް ނެތް. ބުލީކުރުމާއި، އެކަކު އަނެކަކަށް މަލާމާތްކޮށް އައުގުރާނަގޮވުމާ، އައުރަ ނިވާނުކޮށް ފާހިޝް މަންޒަރުތައް ދެއްކުމާ، އެއްޖިންސުން ގުޅުން ހިންގުމާ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންފަަދަ އެތައް ހަޑި މުޑުދާރު އަމަލުތައް ހިންގާ ހާއްޔެއް ތިތަނަކީ. ބަލަ މީގެ ކުރިންވެސް ފިލްމު ކުޅުނު ބަޔަކު އުޅުނު. ތިހުރިހާ ސަކަރާތެއް ޖަހައިގެނެއްނޫން އެވެރިން ފިލްމު ކުޅުނީ. ތި އިންޑަސްޓްރީ އުވާލަން ގޮވާލަން!
ދެން މާ ދަރުމަވެރިވެގެން މިއުޅެނިއްޔޯ. މީނަ ރެޑްކްރެސެންޓްގެ މަސައްކަތްތަކުން ވަކިކުރަންފެނޭ
އުޅުމެއް އަހްލާގެއް ހުރި ބައެއް ނޫން..
ރިސްފާކާރި ބުނެބަލަ މަ ބުޅީކޮއްލަން އާދެބަލާށެ
މުސްކުޅި މާމަ ގަނޑަކަށް ވީމަވެސް މައިތިރި ވާން ނޭނގުނު އަންހެނެއް ދޯ..!
މީގަ ކޮބާ ރިޝްފާ ބުލީކޮށްފަ، ތިޔަ ޓްވީޓަކުން ނުފެނޭ ރިޝްފާ ބުލީކޮށްފަ އޮތް ތަނެއް ބަލަ ބަލާވެސް،
ހާދަހާ ގަމާރޭދޯ ، ހުރިހާ ޓްވީޓް ތަކާ ކޮމަންތަކެއް ނޫހަކު ނުޖަހާނެދޯ ، ބޯހަލާކު . ޙުސްގަމާރުން
އާޚިރަތް ދުވަހު ބަނގރޫޓުވެގެންވާ މީހުންގެ ޚަބަރު މާތް ރަސޫލާދެއްވާފަވޭ. އެއީ ދުނިޔޭގައި އެކި މީހުންގެ ހައްގައް އަރައިގަނެފަތިބެ އެމީހުންގެ ފަރާތުން ހައްގު ނިގުޅައިގަނެވިފައިވާ މީހުންގެ ކިބައިން މައާފް ނުހޯދައި މަހްޝަރަތްދުވަހު ހާޒިރުކުރެވޭބަޔެކެވެ. އެމީހުންގެ އެދުވަހުން އެހައްގުތަކުގެ ބަދަލުދޭންޖެހެނީ އެމީހުންގެ ހެޔޮ އަމަލުތައް ދީގެންނެވެ. އަދި ދޭނެ ހެޔޮއަމަލުތަކެއް ނެތި ހުސްވެއްޖެނަމަ ހައްގައް އަރައިގަނެވުނު މީހުންގެ ފާފަތައްއެމީހުން އޭގެ ބަދަލުގައި އުފުލަންޖެހެއެވެ. އަދި އެންމެފަހުން އޭގެ ސަބަބުން ނަރަކައަތް ވަންނަންޖެހެއެވެ. މިއީ ބަނގުރޫޓުވެފައި ވާމީހުންނަކީ. އެއްވެސް މީހެއްގެ ހައްގަކައް އަރައިގަނެވިފައިވާނަމަ އެމީހެއްގެ ކިބައިން ދުނިޔޭގެ މިހަޔާތް ނިމުމުގެ ކުރީން މައާފައް އެދި ޚަލާސް ކުރާށެވެ. އަދި މައާފެއް ނުލިބޭނަމަ އެމީހަކައް ހެޔޮ ދުއާކުރާށެވެ. މާތް ރަސްކަލާނގެ އެއީ ފާފަތައްފުއްސަވައި ދެއްވާ ފަރާތެވެ. އެކަމަކު އެހެން މީހެއްގެ ހައްގެއްގެ ބަދަލު ދޭންޖެހޭނީ އެ ހައްގައް އަރައިގަތް މީހާއެވެ..މިއީ އެހެން ފާފަތަކައްވުރެވެސް މާ ނުރައްކާކަމެކެވެ.
ރިޝްފާ ހާދަ ޖެލަސް އެކޭ އެ ވަނީ