މިވަގުތު ލަންޑަންގައި ދިރިއުޅެމުންދާ ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރް އެތަނުގައި ދިރިއުޅެމުންދާއިރު، މިނިވަންކަން ލިބޭ ކަމަށް ބުނެ ދެއްކި ވާހަކަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެއްޖެއެވެ. މިކަމާއި އެއްބަޔަކު އޭނާ އަށް މަލާމާތްކޮށްވެސް ހަދަމުން ދާތަން މީސް މީޑިއާ ބަލާލުމުން ފެނިގެން ދެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ލަންޑަން ދިރިއުޅެމުންދާ މިނިވަން ދިރިއުޅުން އޭނާއަށް ވަރަށް ކަމުދާ ކަމަށް ބުނެފައެވެ.

"އަހަރެންނަށް ވަރަށް ކަމުދޭ، މިތަނުގެ މިނިވަންކަން، އަހަރެންނަށް އަމިއްލަ ކެއުން ތައްޔާރު ކުރެވޭ، އަމިއްލަ ތަން ސާފް ކުރެވޭ، އަމިއްލައަށް ގޮސް ވިޔަފާރިކޮށް ހެދޭ".

އޭނާ އެގޮތަށް ވާހަކަދައްކަމުން އެތައް ބަޔަކު އެކަމާއި ހިތްހަމަ ނުޖެހިގެން ވާހަަކަދެއްކިއެވެ. އޭނާއާ ދިމާލަށް "ޑަމްޕް"އެކޭވެސް މީހުން ބުނެފައި ވެއެވެ. އެއްބަޔަކު ބުނެފައި ވަނީ، އޭނާއަށް އެކަންކަން އަމިއްލައަށް އިންޑިއާގައި ހުރެގެންވެސް ކުރެވޭނެ ކަމަށެވެ. މީހަކު އޭނާއަށް އެކަންކަން ނުކުރުމަށް މަޖުބޫރު ނުކުރުވާ ކަމަށްވެސް ބުނެފައި ވެއެވެ.

"މިފަހަރުވެސް އޭނާ ސާބިތުކޮށްދިނީ އޭނާއަކީ މޮޔައެއް ކަމަށް، އޭނާގެ ގެއަށް ހައުސިންގ ކީޕިންގ ސްޓާފުންނާއި މެއިޑުން ދަނީ މަޖުބޫރުންތަ؟"މީހަކު ލިޔެފައި ވެއެވެ.

އިތުރު މީހަކު ލިޔެފައި ވަނީ، އިންޑިއާގައި މިނިވަންކަން ނޯންނަ ކަމަށެވެ. މެއިޑުން ގެތަކަށް ކައްކަން ދަނީ މަޖުބޫރުން ކަމަށާއި، އަހަރުމެން ލައްވާ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ މަލާމާތުގެ ރާގަކަށް އޭނާ ލިޔެފައި ވެއެވެ.

"ޕެޓިޝަނެއް ފަށަންވީ އަހަރުމެންގެ ގެތަކުގައި ކުރަމުންދާ މަސައްކަތްތައް ވަގަށް ނަގާ، އެ މަސައްކަތް ކުރުމަށް މެއިޑުން ގަދަކަމުން ވަންނަ މައްސަލާގައި"، ސޯނަމްއަށް މަލާމާތްކޮށް އިތުރު މީހަކު ލިިޔެފައި ވެއެވެ